ކުންފުންޏަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްތަ؟

ކުންފުންޏެއް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްގެ ގޮތުގައި ބަލާނީ އަންނަނިވި ޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަ ވާނަމައެވެ.

  • ކުންފުނި ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކޮށްފައި ވުން؛ ނުވަތަ
  • ކުންފުނީގެ ހެޑް އޮފީސް ދިވެހިރާއްޖޭގައި ހުރުން؛ ނުވަތަ
  • ކުންފުނީގެ ހިންގުމާއި ކޮންޓްރޯލް ދިވެހިރާއްޖޭގައި އޮތުން

ކުންފުނި ވަޒަންވެރިވެފައިވާ ދުވަސް ބަލާނެ ގޮތް

ޓެކްސް އަހަރެއްގައި، ކުންފުނި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްގެ ގޮތުގައި ބަލަން ފަށާ ފުރަތަމަ ދުވަސް ގުނަން ފަށާނީ އަންނަނިވި ތާރީޚުތަކުންކުރެ ކުރިން އަންނަ ތާރީޚަކުން ފެށިގެންނެވެ.

  • ކުންފުނި އިންކޯޕަރޭޓްކުރާ ދުވަސް؛ ނުވަތަ
  • ކުންފުނީގެ ހެޑް އޮފީސް ދިވެހިރާއްޖޭގައި ގާއިމުކުރާ ދުވަސް؛ ނުވަތަ
  • ކުންފުނީގެ ހިންގުމާއި ކޮންޓްރޯލް ދިވެހިރާއްޖޭގައި އޮތްކަމަށް ކަނޑައަޅާ ފުރަތަމަ ދުވަސް.
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ