ގަވާއިދު ނަންބަރު 2021/R-9 (ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު) އަށް އަންނަނިވި އިޞްލާޙު ގެނައުން.
1. ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (2-ށ) އުނިކުރުން.
4. (2-ށ) (އުނިކޮށްފައި).
2. ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (2-ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
4. (3-ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ރިޕޯޓު ހުށަހެޅުމުގެ އިލްތިޒާމަށް ޢަމަލުކުރާނީ 2024 ވަނަ އަހަރުގައި ނިމޭ ފިސްކަލް އަހަރުތަކާއި އޭގެ ފަހުން ނިމޭ ފިސްކަލް އަހަރުތަކާ ގުޅޭ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމުގައެވެ.
3. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.