ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ޤާނޫނުގެ 71 ވަނަ މާއްދާގެ (ނ) އުނިކުރުން.
2. ބުނެވިދިޔަ ޤާނޫނުގެ 71 ވަނަ މާއްދާގެ (ރ) އުނިކުރުން.
3. ބުނެވިދިޔަ ޤާނޫނުގެ 71 ވަނަ މާއްދާގެ (ބ) އުނިކުރުން.
4. ބުނެވިދިޔަ ޤާނޫނުގެ 71 ވަނަ މާއްދާގެ (ޅ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
71. (ޅ) (2) "އިންޓްރެސްޓް ކެޕޭސިޓީ" ކަމަށް ބުނެފައި އެވަނީ، އެ ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްސް-އެބިޓްޑާގެ %25 (ފަންސަވީސް އިންސައްތަ) އަށެވެ.
5. ބުނެވިދިޔަ ޤާނޫނުގެ 71 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރު އުނިކުރުން.
6. މި ޤާނޫނުން ބުނެވިދިޔަ ޤާނޫނުގެ 71 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙުތަކާ އެއްގޮތްވާ ގޮތުގެމަތިން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.
7. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.