1. ތައާރަފު
(ހ) މިއީ މީރާއަށް ބަލައިގަންނަ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި އެ ނޫން ވެސް ފައިސާއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އެގްރީމެންޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ނުދައްކާ ފަރާތްތަކުގެ ކިބައިން އެ ފައިސާ ހޯދުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލެވެ.
(ށ) މި އުސޫލަކީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) އާއި 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާއި 64 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ނ) މި އުސޫލަށް ކިޔާނީ "އެންފޯސްމަންޓް ޕޮލިސީ" އެވެ.
2. މަގުސަދު
މި އުސޫލު އެކުލަވައިލުމުގެ މަގުސަދަކީ މީރާއަށް ބަލައިގަންނަ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި އެ ނޫން ވެސް ފައިސާއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އެގްރީމެންޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ނުދައްކާ ފަރާތްތަކުގެ ކިބައިން އެ ފައިސާ ހޯދުމުގައި ހަމަހަމަކަމާއެކު ދެ ފުށް ފެންނަހެން ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ.
3. ފިޔަވަޅު އެޅުމުގެ އުސޫލު
މީރާއަށް ބަލައިގަންނަ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމުގައި މީރާއިން ފިޔަވަޅު އަޅާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ފައިސާ ދެއްކުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގައި ނޯޓިސްއެއް ("ފުރަތަމަ ނޯޓިސް") ފޮނުވުން؛
(ށ) ފުރަތަމަ ނޯޓިސްގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށާއި، މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ އެ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން އަންގައި ނޯޓިސްއެއް ("ފައިނަލް ނޯޓިސް") ފޮނުވުން؛
(ނ) ފައިނަލް ނޯޓިސްގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އަދި ނުދައްކައި ހުރި ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް މި އުސޫލުގެ ތިންވަނަ ބާބުގައިވާ ގޮތުގެ މަތިން މީރާއާއެކު އެއްބަސްވުމަކަށް އައިސްފައި ނުވާނަމަ، އެ ފައިސާ ހޯދުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތައް އެޅުން:
(1) ފައިސާ ނުދައްކައި ހުރި ފަރާތުގެ ބޭންކު އެކައުންޓުގައިވާ ފައިސާ މި އުސޫލުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެ މަތިން ހިފަހައްޓައި، ބޭންކު އެކައުންޓުން ފައިސާ ނެގުން؛
(2) ފައިސާ ނުދައްކައި ހުރި ފަރާތާމެދު ފިޔަވަޅު އެޅުމަށް، މި އުސޫލުގެ ފަސްވަނަ ބާބުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުގައި އެދުން؛
(3) މި އުސޫލުގެ ހަވަނަ ބާބުގައިވާ ގޮތުގެ މަތިން ތިންވަނަ ފަރާތަކުން މީރާއަށް ފައިސާ ދެއްކުމަށް އެންގުން؛
(4) މި އުސޫލުގެ ހަތްވަނަ ބާބުގައިވާ ގޮތުގެ މަތިން އެ ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުލުން؛
(5) ސިވިލް ކޯޓުގައި ދައުވާ އުފުލޭ މައްސަލައިގައި ދައުވާކުރާ ފައިސާ ދެއްކުމަށް ކޯޓުން ޙުކުމްކޮށްފިނަމަ، އަދި އެ ޙުކުމާ އެއްގޮތަށް އެ ފަރާތަކުން ފައިސާ ނުދައްކާނަމަ، ޤާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ފަރާތުގެ މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައަޅައި އެ ޖޫރިމަނާގެ އަމުރު ތަންފީޛުކުރުން.
(ރ) ނުލިބި ހުރި ފައިސާ ހޯދުމުގައި މީރާއިން އާންމު އުސޫލެއްގެ ގޮތުން ޢަމަލުކުރާނީ މި މާއްދާގެ (ނ) ގައިވާ ތަރުތީބުން ކަމުގައިވީ ނަމަވެސް، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އެ އަކުރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެ ނޫން ތަރުތީބަކުން ނުވަތަ އެ ފިޔަވަޅުތައް އެކުއެކީ އެޅުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(ބ) ނުދައްކައިވާ ފައިސާ ހޯދުމުގެ ގޮތުން ފިޔަވަޅުއެޅުމުގައި، ޓެކްސް ދައްކާ ފަރާތަށް ޓެކްސް ނުދެއްކިވަނީ ދައުލަތުން ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާ ލިބިފައި ނުވުމުގެ ސަބަބުން ނުވަތަ ނުދެއްކިވާ ފައިސާއާ ގުޅޭ، ޝަރީއަތުގެ މަރުޙަލާގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކަމުގައިވާނަމަ އަދި އެކަން ސާބިތުކުރެވޭ ލިޔެކިޔުން ހުށަހަޅާފައިވާނަމަ، އެ މައްސަލަ ހައްލު ކުރެވުމާ ހަމައަށް އެފަރާތަކާމެދު ފިޔަވަޅު އެޅުން މަޑުޖައްސާލުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ. މިގޮތުން ނުދައްކައިވާ ފައިސާއަކީ ދައުލަތުން ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން ނުވަތަ ޝަރީއަތުގެ މަރުޙަލާގައިވާ މައްސަލައަކާ ގުޅިގެން ނުލިބިވާ ފައިސާއާ ގުޅުން ހުރި ނުވަތަ ގުޅުންހުރި މުއްދަތެއްގެ ފައިސާއަށް ވާންވާނެއެވެ.
4. ފައިސާ ދެއްކުމަށް ނޯޓިސް ދީފައިވަނިކޮށް އެ އާމްދަނީގެ ބާވަތާ ގުޅިގެން އިތުރަށް ފައިސާ ދައްކަންޖެހުން
އެއްވެސް މުއްދަތަކަށް ފައިނަލް ނޯޓިސް ފޮނުވާ ފަހުން އެ މުއްދަތެއްގެ ބަޔާނެއް ޓެކްސް ދައްކާ ފަރާތުން އިސްލާހުކޮށް މީރާއިން އެ އިސްލާހެއް ބަލައިގެންފައިވާ ހާލަތެއްގައި އިސްލާހުކުރުމާ ގުޅިގެން އިތުރުވި ޓެކުހުގެ އަދަދަށް ފައިނަލް ނޯޓިސް އެއް (30 ދުވަހުގެ) ފޮނުވޭނެއެވެ. ނަމަވެސް، މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެއްވެސް ފަރާތަކާމެދު އަޅައިފައި ވަނިކޮށް، އެ ފިޔަވަޅު އެޅުމަށް ނިންމުނު ޓެކްސް، ފީ، ކުލި، ރޯޔަލްޓީ ނުވަތަ އެ ނޫން ވެސް އާމްދަނީގެ ބާވަތަކާ ގުޅިގެން އިތުރު ފައިސާއެއް ދައްކަންޖެހިއްޖެނަމަ، އެ ފައިސާއާ ގުޅިގެން މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ނޯޓިސް ދީފައިނުވިނަމަވެސް، އެ ފަރާތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމުގައި ބަލާނީ އެ ފިޔަވަޅު އެޅުމާ ހަމައަށް އެ ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާއަށެވެ.
5. ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުމަކީ ފުރަތަމަ ނޯޓިސް ކަމަށް ބެލުން
(ހ) ޓެކްސްއާބެހޭ ޤާނޫނެއްގެ ދަށުން މީރާއިން އަދަދެއް ކަނޑައެޅުމަށްފަހު ޓެކްސް ދައްކާ ފަރާތަށް ފޮނުވާ "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" އަކީ މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުރަތަމަ ނޯޓިސް ކަމަށް ބެލެވޭނެއެވެ. އެހެންނަމަވެސް މި ހާލަތުގައި ފައިސާ ދެއްކުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ނޯޓިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފައިނަލް ނޯޓިސް ފޮނުވޭނެއެވެ.
6. މީރާގެ ނިންމުމާމެދު އިއުތިރާޒުކޮށްފައިވާ ހާލަތުގައި ޢަމަލުކުރާނެ ގޮތް
(ހ) ފައިސާ ނުދައްކައި ހުރި ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާއާމެދު ގަވާއިދުގެ 35 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އިއުތިރާޒުކުރާކަމުގެ އެންގުމެއް ހުށަހަޅައިފައިވާނަމަ، އެ އެންގުމާމެދު މީރާއިން ގޮތެއް ނިންމުމުގެ ކުރިން އެ ފަރާތަކާމެދު މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ފިޔަވަޅެއް ނާޅާނެއެވެ.
(ށ) އިއުތިރާޒުކުރާކަމުގެ އެންގުމަކާމެދު މީރާއިން ގޮތެއް ނިންމުމަށްފަހު، އިއުތިރާޒުކުރި އަދަދު ނުވަތަ އެއިން ބައެއް ދެއްކުމަށް ޓެކްސް ދައްކާ ފަރާތަށް އަންގައިފިނަމަ، އެ އެންގުމަކީ މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފައިނަލް ނޯޓިސް ކަމަށް ބެލެވޭނެއެވެ.
7. އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދައްކަން އެދޭ ފަރާތްތައް
(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ނޯޓިސް ފޮނުވައިފައި ވީ ނަމަވެސް ނުވަތަ އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަމުން ގެންދިޔަ ނަމަވެސް، ދައްކަންޖެހިފައިވާ ފައިސާ އެއްފަހަރާ ދެއްކޭނެ ގޮތް ތަނަވަސްވެފައި ނުވާ ފަރާތްތަކުގެ ތެރެއިން އެ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭ ފަރާތްތަކަށް، މި އުސޫލުގެ ތިންވަނަ ބާބުގައިވާ ގޮތުގެ މަތިން އެ ފުރުސަތު ދެވިދާނެއެވެ.
(ށ) އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށް މި އުސޫލުގެ ތިންވަނަ ބާބުގައިވާ ގޮތުގެ މަތިން ފުރުސަތު ދެވޭ ފަރާތަކުން އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ގެންދާހާ ހިނދަކު، އެ ފައިސާ ހޯދުމަށް މި އުސޫލުގެ ދަށުން އެ ފަރާތާމެދު ފިޔަވަޅެއް ނާޅާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާއަށް ފައިސާ ދެއްކުމަށް ހުށަހަޅާ ޗެކެއް، އެއްވެސް ސަބަބަކާހުރެ މީރާއަށް އަނބުރައި ލިބިއްޖެނަމަ އެ ޗެކު ހުށަހެޅި ފަރާތާމެދު މި އުސޫލުގެ އަށްވަނަ ބާބުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.
8. ފައިސާ ދައްކައި ޚަލާޞްކުރުމާ ހަމައަށް ޖޫރިމަނާއާއި އިންޓްރެސްޓް އެރުން
ފައިސާ ނުދައްކައި ހުރި ފަރާތަށް މި އުސޫލުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިސް ފޮނުވައިފައި ވީ ނަމަވެސް، ނުވަތަ މި އުސޫލުގައިވާ ގޮތުގެ މަތިން އެ ފަރާތާމެދު ފިޔަވަޅު އެޅުނު ނަމަވެސް، އެ ފައިސާ ދެއްކުން ބިނާވާ ޤާނޫނު، ގަވާއިދު ނުވަތަ އެގްރީމެންޓުގެ ދަށުން އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އަރާނަމަ، އެ ފަރާތުން ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމާ ހަމައަށް ޖޫރިމަނާ ނުވަތަ އިންޓްރެސްޓް އަރަމުންދާނެއެވެ.
9. ނަން ހާމަކުރުން
ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނީ މި އުސޫލުގެ ނުވަވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ.
10. ހޯދައި ނުފެނިފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން
އެކިއެކި ސަބަބުތަކާހުރެ މީރާއިން ހޯދަން ބޭނުންވެ، ހޯދައި ނުފެނިފައިވާ ފަރާތްތަކާމެދު ޢަމަލުކުރާނީ މި އުސޫލުގެ ދިހަވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ.
11. އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު
(ހ) ފައިސާ ނުދައްކައި ހުރި ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭނަމަ "އިންސްޓޯލްމަންޓަށް އެދުން" (MIRA 905) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި ބާބުގައިވާ ގޮތުގެ މަތިން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށް ހަމަޖައްސައިދެވޭ ފަރާތްތަކުން ދައްކަންޖެހޭ ކޮންމެ އިންސްޓޯލްމަންޓެއްގެ މުއްދަތަކީ މީލާދީ 1 (އެކެއް) މަސްދުވަހެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނީ އެ ފަރާތަކުން އެ ވަގުތަކު، އެ ޓެކުހަކާ ގުޅޭގޮތުން ނުދައްކައި ހުރި ހުރިހާ ފައިސާއަކަށް (އެއާ ގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓް ހިމެނޭ ގޮތުން) އެއްކޮށެވެ.
12. އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުގެ ޝަރުޠުތައް
(ހ) ނުދައްކައި ހުރި ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދި މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނީ އަންނަނިވި ކަންކަން ފުރިހަމަވުމުންނެވެ.
(1) އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭ ފައިސާ އަކީ އެ ފައިސާ ދައްކަންޖެހޭ ސުންގަޑި ފާއިތުވީ ފަހުން 60 (ފަސްދޮޅަސް) ދުވަސް ހަމަވެފައިވާ، ނުވަތަ މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފުރަތަމަ ނޯޓިސް އާއި ފައިނަލް ނޯޓިސް ދެވިފައިވާ ފައިސާއަކަށްވުން؛
(2) އެ ފަރާތަކުން އެ ޓެކުހަކާ ގުޅޭގޮތުން އެ ދުވަހާ ހަމައަށް މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުން؛
(3) ނުދައްކައި ހުރި ފައިސާއާ ގުޅޭ ގޮތުން ދައްކަންޖެހޭ ކަމަށް މި އުސޫލުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ ކޮމިޓްމަންޓް ޕޭމަންޓް ދެއްކުން؛
(4) އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދައްކަންޖެހޭ ގޮތުގެ ތާވަލާއި ފައިސާ ދެއްކުމުގައި ޢަމަލުކުރަންޖެހޭކަމަށް މީރާއިން ކަނޑައަޅާ ކަންކަމަށް އެއްބަސްވެ، އިންސްޓޯލްމަންޓް އެއްބަސްވުމެއްގައި މީރާއާއެކު އެ ފަރާތުން ސޮއިކުރުން؛
(5) ކޮންމެ އިންސްޓޯލްމަންޓަކާ ގުޅިގެން، އެ އިންސްޓޯލްމަންޓް ދައްކަންޖެހޭ ތާރީޚު ޖަހައިފައިވާ "ޕޯސްޓް ޑޭޓެޑް" ޗެކެއް މީރާއާ ހަވާލުކުރުން؛
(6) މި ބާބުގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތެއްނަމަ، އިންސްޓޯލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައިވުން؛
(7) މި ބާބުގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެއްވެސް އިރެއްގައި ދީފައިވާ ފަރާތެއްނަމަ، އެ ޓެކުހަކާއި ގުޅިގެން އެ ފަރާތާ އެކު އެންމެ ފަހުން ވެފައިވާ އިންސްޓޯލްމަންޓް އެއްކޮށް ދައްކައި ޚަލާސްކޮށްފައިވުން؛
(8) މި ބާބުގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެއްވެސް އިރެއްގައި ދެވި، އެ ފަރާތުން ފައިސާ ނުދެއްކުމުގެ ސަބަބުން މީރާއިން އެ އެއްބަސްވުން ބާތިލުކޮށްފައިވާ ފަރާތެއްނަމަ، އެއްބަސްވުން ބާޠިލުކުރިތާ 6 (ހައެއް) މަސްދުވަސް ފާއިތުވެފައިވުން.
(ށ) މި ބާބުގެ ދަށުން، ޖީ.އެސް.ޓީއާ ގުޅޭ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އެ ފުރުސަތު ނުދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (1)، (7) އަދި (8) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، ބަޔާންކުރެވުނު އަކުރުތަކުގައިވާ ކަންކަން ފުރިހަމަނުވި ކަމުގައި ވިޔަސް މި ބާބުގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ރ) މި ބާބުގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށް އެދި ހުށަހެޅޭނީ، އިންސްޓޯލްމަންޓްތައް ނިސްބަތްވާ ފައިސާ ދައްކަންޖެހޭ ތާރީޚު ފާއިތުވުމަށްފަހުއެވެ.
(ބ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ކޮވިޑް 19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ލުއިދިނުމުގެ ގޮތުން 31 އޮކްޓޫބަރު 2020 ގެ ނިޔަލަށް ދެވޭ އިންސްޓޯލްމަންޓްތަކާ ގުޅިގެން އެ އިންސްޓޯލްމަންޓް ދައްކަންޖެހޭ ތާރީޚު ޖަހައިފައިވާ "ޕޯސްޓް ޑޭޓެޑް" ޗެކް ނެގުމަކާ ނުލައި އިންސްޓޯލްމަންޓް ދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
13. އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުގައި ބެލެވޭނެ ކަންތައްތައް
(ހ) ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމުގެ ފުރުސަތު ދެވޭނީ މި އުސޫލުގެ ޖަދުވަލުތަކުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.
(ށ) މި ބާބުގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ދެވޭނީ، އެ ފުރުސަތު ދެވިދާނެކަމަށް އެ ފަރާތަކަށް މީރާއިން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުވަތަ މީރާއިން އަންގާ އެ ނޫން ވެސް މުއްދަތެއްގެ ތެރޭގައި، މި އުސޫލުގެ ޖަދުވަލުތަކުގައި ކަނޑައަޅާފައިވާ ކޮމިޓްމަންޓް ޕޭމަންޓް މީރާއަށް ދެއްކުމުންނެވެ.
(ނ) މި ބާބުގައިވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ހަމަޖައްސައިދެވޭ އިންސްޓޯލްމަންޓުގެ އަދަދު ކަނޑައެޅުމުގައި ބަލާނީ މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ދައްކާ ކޮމިޓްމަންޓް ޕޭމަންޓް ދެއްކުމުގެ ކުރިން އެ ފަރާތުން ދައްކަންޖެހިފައިވާ ޖުމުލަ އަދަދަށެވެ.
(ރ) އެއްވެސް ފަރާތަކާމެދު މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ފިޔަވަޅެއް އަޅައިފައި ވީ ނަމަވެސް، އެ ފަރާތުން ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމުގެ ފުރުސަތު، މި އުސޫލުގެ ޖަދުވަލުތަކުގައިވާ ގޮތުގެ މަތިން އެ ފަރާތަކަށް ދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ (1) ގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅައިފިނަމަ، ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމުގެ ފުރުސަތު އެ ފަރާތަކަށް ދެވޭނީ އެ ފަރާތުގެ ބޭންކު އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން މި އުސޫލުގެ ހަތަރުވަނަ ބާބުގެ ދަށުން ނެގެން ހުރި އެންމެހައި ފައިސާ ނެގުމަށް ފަހުގައެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް ކުދި ވިޔަފާރިތަކުން ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓް އެގްރީމަންޓެއްގެ ދަށުން ދެއްކުމަށް އެއްބަސްވާނަމަ އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓް ދެއްކުމުން ނުވަތަ ފްރީޒް ކޮށްފައިވާ އެކައުންޓުން އެ ފައިސާ ނެގުމުން އެ އެކައުންޓް ދޫކޮށްލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
14. އެއްބަސްވުން ބާޠިލުވާ ހާލަތުތައް
އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށް މި ބާބުގައިވާ ގޮތުގެ މަތިން ސޮއިކުރެވޭ އެއްބަސްވުން އަންނަނިވި ހާލަތުތަކުގައި ބާޠިލުކޮށް، އިތުރު އެންގުމަކާ ނުލައި އެ ފަރާތަކާމެދު މި އުސޫލުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ހ) އެއްބަސްވުމާ އެއްގޮތަށް އިންސްޓޯލްމަންޓްތައް ދެއްކުމަށް ހުށަހަޅާފައިވާ ޕޯސްޓްޑޭޓެޑް ޗެކްތަކުގެ ތެރެއިން 3 (ތިނެއް) ޗެކު ނުވަތަ އެއަށްވުރެ ގިނައިން ބައުންސްވުން؛ ނުވަތަ އިންސްޓޯލްމަންޓުގެ ފައިސާ ދައްކަންޖެހޭ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މަގުބޫލު އުޒުރެއްނެތި އެ ފައިސާ ނުދެއްކުން؛
(ށ) އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށް އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުގެ ފަހުން ޓެކްސްގެ ޤާނޫނެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ހުށަނޭޅުން ނުވަތަ މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދެއްކުން ނުވަތަ އެ ފަރާތުން އަދާ ކުރަންޖެހޭ އެ ނޫން ވެސް ޒިންމާއެއް އަދާ ނުކުރުން.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް، މަގުބޫލު އުޒުރެއް ކަމަށް ބަލާނީ އަންނަނިވި ކަންތައްތަކުންކުރެ ކަމެއް މެދުވެރިވެފައިވާނަމައެވެ.
(1) އެކްސިޑެންޓެއް ނުވަތަ ޤުދުރަތީ ކާރިސާއެއް ކުރިމަތިވުން؛
(2) އެ ކަމެއް ކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއްވުން؛
(3) ޓެކްސް ދައްކާ ފަރާތުގެ ކޮންޓްރޯލުން ބޭރުގައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭ އެ ނޫން ވެސް ކަމެއް ކުރިމަތިވުން.
15. އިންސްޓޯލްމަންޓާ ގުޅޭ އެހެނިހެން ކަންކަން
މި ބާބުގައިވާ ގޮތުގެ މަތިން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެވުނު ނަމަވެސް، އެ ފައިސާ ނުދެއްކުމުގެ ސަބަބުން އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އަރާނަމަ، އެ ފަރާތުން ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމާ ހަމައަށް އެ ޖޫރިމަނާ ނުވަތަ އިންޓްރެސްޓް އަރަމުންދާނެއެވެ.
16. ކޯޓުގައި ދައުވާ އުފުލޭ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތް
ފައިސާ ނުދައްކާ ފަރާތަކުން ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ދައުވާ އުފުލާ މައްސަލައެއްގައި ދައުވާކުރާ ފައިސާ ދެއްކުމަށް ކޯޓުން ޙުކުމްކުރުމަށްފަހު، އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތެއް އެ ފަރާތަކަށް ނުދެވޭނެއެވެ.
17. ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް އެންގުން
(ހ) މީރާއަށް ފައިސާ ނުދައްކައި ހުރި ފަރާތެއްގެ ބޭންކު އެކައުންޓުގައި ހުރި ފައިސާ، މި ބާބުގައިވާ ގޮތުގެ މަތިން ހިފެހެއްޓުމަށް ބޭންކުތަކަށް އަންގާނީ އެމް.އެމް.އޭ މެދުވެރިކޮށެވެ. މި ގޮތުން ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް ބޭންކުތަކަށް އެންގުމަށް މީރާއިން އެމް.އެމް.އޭ އަށް ހުށަހަޅާނީ އެ ކަމަށް ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށެވެ. އަދި މި ފޯމުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.
(1) ފައިސާ ނުދައްކައި ހުރި ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛
(2) ފައިސާ ނުދައްކައި ހުރި ފަރާތުގެ ރަޖިސްޓްރޭޝަން ނަންބަރު ނުވަތަ އައިޑެންޓިޓީ ކާޑު ނަންބަރު އަދި އެ ފަރާތުގެ ބޭންކު އެކައުންޓު ނަންބަރުތައް ދެނެގަތުމަށްޓަކައި ބޭނުންކުރެވިދާނެ އެހެނިހެން މަޢުލޫމާތު؛
(3) އެ ފަރާތުން ނުދައްކައި ހުރި ފައިސާގެ އަދަދު؛
(4) ފައިސާ ހިފަހައްޓަން ބޭނުންވާ ސަބަބު.
(ށ) ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް މީރާއިން އެމް.އެމް.އޭ އަށް އަންގާތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް ބޭންކުތަކަށް އެމް.އެމް.އޭ އިން ލިޔުމުން އަންގަންވާނެއެވެ.
18. ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށްފަހު މީރާއަށް އެންގުން
(ހ) ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް އެމް.އެމް.އޭ އިން ބޭންކަށް އަންގާ ލިޔުން ލިބޭ ވަގުތުން ފެށިގެން، އެ އެންގުމާ އެއްގޮތަށް، ބޭންކު އެކައުންޓުގައި ހުރި އެންމެހައި ފައިސާ އެ އެންގުން ލިބޭ ބޭންކުން ހިފަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުން ބޭންކަށް ލިބޭތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ތަފުސީލު ނުވަތަ ފައިސާ ހިފެހެއްޓުމަށް އެންގުނު ފަރާތުގެ އެކައުންޓެއް ބޭންކުގައި ނެތްނަމަ އެ ކަން ބަޔާންކޮށް، ނުވަތަ ފައިސާ ހިފެހެއްޓުމަށް އެންގުނު ފަރާތުގެ އެކައުންޓެއް ޝަރުޢީ ކޯޓެއްގެ އަމުރަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހިފަހައްޓައިފައިވާނަމަ އެ ކަން، އެ ބޭންކަކުން މީރާއަށް ލިޔުމުން އަންގަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމާ ގުޅިގެން ފައިސާ ހިފަހައްޓައިފައިވާ އެކައުންޓުތަކާ ގުޅޭ އަންނަނިވި މަޢުލޫމާތު ބޭންކުން މީރާއަށް ލިޔުމުން އަންގަންވާނެއެވެ.
(1) ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ވެރިފަރާތުގެ ނަމާއި ދާއިމީ އެޑްރެސް؛
(2) ހިފެހެއްޓުނު އެކައުންޓުތަކުގެ ވެރިފަރާތުގެ އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ރެޖިސްޓްރޭޝަން ނަންބަރު؛
(3) ފައިސާ ހިފެހެއްޓުނު ތާރީޚާއި ވަގުތު އަދި ހިފެހެއްޓުނު ވަގުތު އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދު؛
(4) ފައިސާ ހިފެހެއްޓުނު އެކައުންޓުތަކާ ގުޅޭ ގޮތުން އެއްވެސް ކްރެޑިޓް އެރޭންޖްމަންޓެއް ނުވަތަ އެ ނޫން ވެސް އެރޭންޖްމަންޓެއް ހަމަޖައްސައިދީފައިވާނަމަ ނުވަތަ އެ އެކައުންޓުގައި ހުރި ފައިސާގެ މައްޗަށް ބޭންކުން އެއްވެސް ރަހުނެއް ނުވަތަ އެ ނޫން ވެސް ޗާޖެއް ކޮށްފައިވާނަމަ އެ ކަމުގެ ތަފުސީލު.
19. ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓައިފައިވާކަން އެންގުން
މި އުސޫލުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުން މީރާއަށް ލިބުމުން، ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓިފައިވާކަން އެ އެކައުންޓުގެ ވެރިފަރާތަށް މީރާއިން އަންގަންވާނެއެވެ.
20. ހިފަހައްޓައިފައިވާ ފައިސާއާމެދު ޢަމަލުކުރާނެ އުސޫލެއް ކަނޑައެޅުން
އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓުގައި ހުރި ފައިސާ މި ބާބުގައިވާ ގޮތުގެ މަތިން ހިފެހެއްޓިއްޖެ ހާލަތެއްގައި، މީރާއަށް ލިބެންޖެހޭ ފައިސާ ނަގާނީ ކޮން ބޭންކެއްގެ ކޮން އެކައުންޓަކުންކަން ކަނޑައަޅާނީ އަންނަނިވި ގޮތުގެ މަތިން މީރާއިންނެވެ.
(ހ) އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރެވޭ މިންވަރަށް، ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ތެރެއިން އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓުގައި ފައިސާ ހުރިނަމަ ފައިސާ ނަގާނެ އެކައުންޓެއް ކަނޑައަޅާނީ އެ ފަރާތުގެ މަޝްވަރާއާ އެކުގައެވެ.
(ށ) އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރެވޭ މިންވަރަށް، ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ތެރެއިން ވަކިވަކި އެކައުންޓުތަކުގައި ފައިސާނެތި، އެއް ބޭންކެއްގައި ހުރި އެ ފަރާތުގެ އެކައުންޓުތަކުގައި އެ މިންވަރަށް ފައިސާ ހުރިނަމަ ފައިސާ ނަގާނެ އެކައުންޓެއް ކަނޑައަޅާނީ އެ ފަރާތުގެ މަޝްވަރާއާ އެކުގައެވެ.
(ނ) އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރެވޭނެ މިންވަރަށް، ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ތެރެއިން ވަކިވަކި އެކައުންޓުގައި ފައިސާނެތި، ވަކިވަކި ބޭންކުތަކުގައި ހުރި އެ ފަރާތުގެ އެކައުންޓުތަކުގައި އެ މިންވަރަށް ފައިސާ ހުރިނަމަ ފައިސާ ނަގާނެ ބޭންކުތަކާއި އެކައުންޓުތައް ކަނޑައަޅާނީ އެ ފަރާތުގެ މަޝްވަރާއާ އެކުގައެވެ.
(ރ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ރައްދުނުވާ ހާލަތުތަކުގައި ފައިސާ ނަގާނީ ކޮން ބޭންކުތަކެއްގެ ކޮން އެކައުންޓުތަކަކުންކަން ކަނޑައަޅާނީ އެ ފަރާތުގެ މަޝްވަރާއާ އެކުގައެވެ.
(ބ) މި މާއްދާގެ ދަށުން ފައިސާ ނަގާނެ އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ކަނޑައެޅުމުގައި އެ ފަރާތުގެ އެއްބާރުލުން ނުލިބިއްޖެނަމަ ފައިސާ ނަގާނެ އެކައުންޓެއް ކަނޑައަޅާނީ ކޮމިޝަނަރ ޖެނެރަލްއެވެ.
21. ފައިސާ ނެގުން
(ހ) ފައިސާ ނަގާނެ އެކައުންޓެއް މި އުސޫލުގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަނޑައެޅުމަށްފަހު އެ ކަން، ފައިސާ ހިފަހައްޓައިފައިވާ ބޭންކުތަކަށް މީރާއިން އަންގަންވާނެއެވެ. މި އެންގުމުގައި، މި އުސޫލުގެ ބޭނުމަށް ފައިސާ ނަގަން ނިންމުނު އެކައުންޓުތައް ފިޔަވައި އެހެން އެކައުންޓުތަކުގައި ހުރި ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް އަންގަންވާނެއެވެ. އަދި މި އެންގުމުގެ ކޮޕީއެއް އެކައުންޓުގެ ވެރިފަރާތަށާއި އެމް.އެމް.އޭ އަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ބޭންކަށް އަންގާ ލިޔުން ލިބޭ ވަގުތުން ފެށިގެން އެ އެންގުމަށް ބޭންކުން ޢަމަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން، ވަކި އެކައުންޓެއްގައި ހުރި ފައިސާ މީރާއަށް ދެއްކުމަށް ބޭންކަށް އެންގުމުން، އެ އެންގުމުގައިވާ ފައިސާގެ އަދަދު މީރާއިން އަންގާ ގޮތެއްގެ މަތިން ދައްކަންވާނެއެވެ.
22. ފައިސާ ދެއްކުމަށް ފުރުސަތު ދިނުން
ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓިފައިވާކަން މި އުސޫލުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ފަރާތަށް އަންގާތާ ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ނުދައްކައި ހުރި ފައިސާ ދައްކާނެ އިތުރު ގޮތްތަކާމެދު މީރާއާއެކު މަޝްވަރާކޮށް ގޮތެއް ނިންމިދާނެއެވެ.
23. ފައިސާ ލިބުނުކަން އެންގުން
ނުދައްކައި ހުރި ފައިސާ މި ބާބުގެ ދަށުން ބޭންކު މެދުވެރިކޮށް މީރާއަށް ލިބުމުން، ބޭންކު އެކައުންޓުތައް ހިފެހެއްޓިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް އެކައުންޓު ހިފެހެއްޓިފައިވާ ބޭންކުތަކަށް މީރާއިން އަންގަންވާނެއެވެ. އަދި މި އެންގުމުގެ ކޮޕީއެއް އެ އެކައުންޓުގެ ވެރިފަރާތަށާއި އެމް.އެމް.އޭ އަށް ފޮނުވަންވާނެއެވެ.
24. ބޭންކު އެކައުންޓު ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލާނެ ހާލަތުތައް
(ހ) އެއްވެސް ފަރާތެއްގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާ ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްލެވޭނީ އަންނަނިވި ހާލަތުތަކުގައެވެ. އަދި އެ ހާލަތުތަކުގައި އެ ފަރާތުގެ ބޭންކް އެކައުންޓުގައިވާ ފައިސާ ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ބޭންކުތަކަށް އަންގަންވާނެއެވެ.
(1) އެ ފަރާތުން ނުދައްކާހުރި ފައިސާގެ އަދަދު މީރާއަށް ހަމައަށް ލިބުން ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސްވުމަކަށް އައުން؛ ނުވަތަ
(2) އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރެވޭ މިންވަރަށް އެ ފަރާތުގެ ބޭންކް އެކައުންޓުގައި ފައިސާ ނެތް ނަމަވެސް، މީރާއިން އެ ފަރާތުގެ ބޭންކް އެކައުންޓު ހިފެހެއްޓުމަށް ބޭންކަށް އަންގާތާ 90 (ނުވަދިހަ) ދުވަސް ފާއިތުވުން ނުވަތަ އެ ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން؛ ނުވަތަ
(3) އެ ފަރާތުގެ އެކައުންޓުގައިވާ ފައިސާ ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ކޯޓަކުން އަމުރުކުރުން ނުވަތަ މަތީ ކޯޓެއްގައި އިސްތިއުނާފުކުރުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަދި އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކުރެވޭ މިންވަރަށް އެ ފަރާތުގެ ބޭންކު އެކައުންޓުގައި ފައިސާ ނެތް ނަމަވެސް، އެކައުންޓު ހިފަހައްޓައިފައި ބަހައްޓައިގެން އެ ފައިސާ އަނބުރައި ލިބޭނެކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެކައުންޓު ހިފަހައްޓައިފައި ބެހެއްޓުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ނ) އެއްވެސް ފަރާތެއްގެ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ ހިފަހައްޓައިފައި ހުރި ހިފެހެއްޓުން މި މާއްދާގެ (ހ) ގެ (3) ގެ ދަށުން ދޫކޮށްލާ ހާލަތުތަކުގައި އެ ފަރާތުން ނުދައްކާހުރި ފައިސާއާ މެދު ޢަމަލުކުރާނީ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
25. އަސާސީ ބޭނުންތަކަށް ފައިސާ ބެހެއްޓުން
ފައިސާ ނުދައްކައި ހުރި ފަރާތުން ނުދައްކައި ހުރި ފައިސާ އެ ފަރާތެއްގެ ބޭންކު އެކައުންޓުން މީރާއަށް ނަގާއިރު، އެ ފައިސާ ނެގުމުގެ ސަބަބުން އެ ފަރާތުގެ އަސާސީ ބޭނުންތަކަށް ފުދޭވަރަށް ފައިސާ ނުހުންނާނެކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، ފައިސާ ނެގުމަށް ކަނޑައެޅުނު އެކައުންޓުތަކުގައިވާ ފުރިހަމަ އަދަދު ނުނަގައި ދޫކޮށްލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ. ނަމަވެސް މި ގޮތަށް ހަމަޖައްސައިދެވޭނީ އެ ފައިސާ ދައްކާނެ ގޮތަކާމެދު އެ ފަރާތުން މީރާއާއެކު އެއްބަސްވުމަކަށް އައުމުންނެވެ.
26. ފައިސާ ދެއްކި ދުވަސް ކަނޑައެޅުން
ބޭންކު އެކައުންޓު ހިފަހައްޓައިގެން ފައިސާ ނަގާ ހާލަތްތަކުގައި، ޖޫރިމަނާ ކަނޑައެޅުމަށް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް، މީރާއަށް ފައިސާ ލިބުނު ތާރީޚު ކަމުގައި ބަލާނީ ބޭންކް އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް މި އުސޫލުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން އެމް.އެމް.އޭއަށް ފޮނުވާ އެންގުމުގައިވާ ތާރީޚެވެ.
27. ބޭންކު އެކައުންޓާބެހޭ މަޢުލޫމާތު ހޯދުން
ޓެކްސް ޤާނޫނެއްގައި ބުނެފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެ ކަމާ ގުޅިގެން މީރާއިން ކުރާ އޮޑިޓެއް ނުވަތަ ތަހުގީގެއްގެ ބޭނުމަށް، އެ ފަރާތުގެ އަދި އެ ފަރާތާ ގުޅުންހުރި ފަރާތްތަކުގެ ބޭންކު އެކައުންޓުތަކާއި، ބޭންކު މެދުވެރިވެގެން ފޮނުވާ އަދި ލިބޭ ފައިސާއާއި، ބޭންކު މެދުވެރިވެގެން ކުރާ އެހެނިހެން މުއާމަލާތްތަކުގެ ތަފުސީލު ހޯދުމުގެ އިޚްތިޔާރު ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބިގެންވެއެވެ.
28. ބޭންކު އެކައުންޓުގެ ތަފުސީލު ހޯދުމަށް އެދުން
(ހ) މި އުސޫލުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބޭންކު އެކައުންޓުގެ ތަފުސީލު ހޯދުމަށް އެދި މީރާއިން އެމް.އެމް.އޭ އަށް ހުށަހަޅަންވާނީ އެ ކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. އަދި މި ފޯމުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.
(1) މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތުގެ ނަމާއި އެޑްރެސް؛
(2) މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރޭޝަން ނަންބަރު ނުވަތަ އައިޑެންޓިޓީ ކާޑު ނަންބަރު؛
(3) ބޭންކު އެކައުންޓުގެ ތަފުސީލު ބެލުމަށް ބޭނުންވާ މުއްދަތު؛
(4) ބޭންކު އެކައުންޓުގެ ތަފުސީލު ބެލުމަށް ބޭނުންވަނީ ކޮންކަމަކާ ގުޅޭގޮތުންކަން.
(ށ) މި އުސޫލުގެ ދަށުން ބޭންކު އެކައުންޓުގެ ތަފުސީލު ބެލުމަށް މީރާއިން އެމް.އެމް.އޭ އަށް އަންގާތާ ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެކައުންޓުތަކުގެ ތަފުސީލު މީރާއަށް ހުށަހެޅުމަށްޓަކައި ބޭންކަށް އަންގަންވާނެއެވެ.
29. ބޭންކު އެކައުންޓުގެ ތަފުސީލު ހުށަހެޅުން
(ހ) މި އުސޫލުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންގުން އެމް.އެމް.އޭ އިން ބޭންކަށް އަންގާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކައުންޓުތަކުގެ ތަފުސީލު ބޭންކުން ލިޔުމުން މީރާއަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ލިޔުމުގައި، މީރާއިން ތަފުސީލު ހޯދުމަށް އެދިފައިވާ މުއްދަތުގައި އެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާއާއި އެ އެކައުންޓުތަކުން ނަގާފައިވާ ފައިސާއާއި އެ އެކައުންޓުން ނުވަތަ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ ފައިސާއާއި އެކައުންޓުގެ ވެރިފަރާތުން އެ އެކައުންޓު މެދުވެރިކޮށް ކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އެ ނޫން ވެސް މުއާމަލާތްތަކުގެ ތަފުސީލު ހިމަނަންވާނެއެވ
30. ގެއްލުންތަކަށް ޒިންމާނުވުން
މި ބާބުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ ސަބަބުން ބޭންކު އެކައުންޓުގެ ވެރިފަރާތަށް މާލީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ދިމާވާ ނުވަތަ ދިމާވެދާނެ އެއްވެސް ގެއްލުމަކަށް މީރާ، އެމް.އެމް.އޭ އަދި ބޭންކުތަކުން ޒިންމާއެއް ނުވާނެއެވެ.
31. ސިއްރު ހިފެހެއްޓުން
މި ބާބުގެ ދަށުން ހޯދާ ނުވަތަ ލިބޭ އެއްވެސް މައުލޫމާތެއް މީރާއިން އަދި ބޭންކުތަކުން ކަމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މެނުވީ އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
32. ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ފިޔަވަޅު އެޅުން
މީރާއަށް ބަލައިގަންނަ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ ނުވަތަ އެ ނޫން ވެސް ފައިސާ ނުދައްކާ ފަރާތްތަކާމެދު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނީ މި ބާބުގައިވާ ގޮތުގެ މަތިންނެވެ.
33. ފިޔަވަޅު އެޅޭ ފަރާތްތައް
މި ބާބުގެ ދަށުން ފިޔަވަޅު އަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ ނުވަތަ އެ ނޫން ވެސް ފައިސާ ނުދައްކާ ފަރާތްތަކާ މެދުގައެވެ.
(ހ) ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި ދިވެހިރާއްޖޭން ބޭރަށް މުދާ އެކްސްޕޯޓްކުރާ ފަރާތްތަކާއި ދިވެހިރާއްޖޭގައި އިމްޕޯޓް މުދާ ވިއްކާ ފަރާތްތައް؛
(ށ) ރެސްޓޯރަންޓް، ކެފޭ، ސައިހޮޓާ އަދި ކެންޓީން ފަދަ ތަންތަން ހިންގާ ފަރާތްތައް؛
(ނ) ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓް ހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޓްރެވަލް އެޖެންސީތަކާއި އަދި މި ނޫން ވެސް ޓޫރިޒަމް ދާއިރާގައި މުދަލާއި ޚިދުމަތް ފޯރުވައިދޭ އެންމެހައި ފަރާތްތައް؛
(ރ) އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އަދި ކަނޑުގައި ދުއްވާ އެއްޗިހިން ފީ ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ދުއްވާ އުޅަނދުފަހަރުގެ ވެރިފަރާތްތައް؛
(ބ) ވަރުވާއަށާއި ސިނާޢީ މަސައްކަތްތަކަށް ދޫކޮށްފައިވާ ފަޅުރަށްރަށާއި، ބިންބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކާއި ފަޅުރަށްރަށް ވަގުތީ ގޮތުން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތްތައް؛
(ޅ) ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސަރުކާރުގެ ބިމާއި އިމާރާތާއި މުދާ ކުއްޔަށް ހިފައި ބޭނުންކުރާ ފަރާތްތައް؛
(ކ) އެ ނޫން ވެސް ގޮތަކުން ދައުލަތަށް އެއްވެސް ފައިސާ އެއް ދައްކަންޖެހޭ ފަރާތްތައް.
34. ތަންފީޛީ އިދާރާތައް
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓޫރިޒަމް، މާލޭ ސިޓީ ކައުންސިލް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މީރާއަށް ބަލައިގަންނަ މި ނޫން ވެސް ފައިސާއާ ގުޅުންހުރި ދައުލަތުގެ އެހެނިހެން އިދާރާތަކާއި މީރާއާ ގުޅިގެންނެވެ.
(ށ) މި ބާބަށް ޢަމަލުކުރުމުގައި ކޮންމެ ތަންފީޛީ އިދާރާއަކުންވެސް ޢަމަލުކުރާނީ އެ އިދާރާއަކާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 27 އެޕްރީލް 2011 ގައި ނެރެފައިވާ މާލިއްޔަތާއިބެހޭ ސަރކިއުލަރ ނަންބަރު 7/2011 (ދައުލަތަށް ލިބޭ އާމްދަނީއަށް އަސަރުކޮށްފާނެފަދަ ފިޔަވަޅެއް އެޅުއްވުމުގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ލަފާ ހޯއްދެވުން) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
35. މަޢުލޫމާތު ހިއްސާކުރުން
މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ދީފައިވާ ނޯޓިސްގެ މުއްދަތު ހަމަވާއިރު ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ މަޢުލޫމާތު އަދި މި އުސޫލުގެ އަށްވަނަ ބާބުގެ ދަށުން ބްލެކްލިސްޓު ކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ("ރިއަލްޓައިމް" ކޮށް) އެ ކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ސޮފްޓްވެއަރ މެދުވެރިކޮށް، މި އުސޫލުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންފީޛީ އިދާރާތަކާ މީރާއިން ހިއްސާކުރަމުން ގެންދާނެއެވެ.
36. ފިޔަވަޅު އެޅުން
(ހ) މި އުސޫލުގެ 35 ވަނަ މާއްދާގެ ދަށުން މަޢުލޫމާތު ހިއްސާކުރެވޭ ފަރާތްތަކާމެދު ތަންފީޛީ އިދާރާތަކުން ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެއެވެ.
(1) ލިސްޓުގައި ހިމެނޭ ފަރާތަކަށް ޚިދުމަތް ނުދިނުން؛
(2) ލިސްޓުގައި ހިމެނޭ ފަރާތަކަށް ބީލަމުގެ އުސޫލުން ނުވަތަ އެ ނޫން ވެސް ގޮތަކުން އެއްވެސް ކޮންޓްރެކްޓެއް ނުދިނުން.
(ށ) މި އުސޫލުގެ 35 ވަނަ މާއްދާގެ ދަށުން މަޢުލޫމާތު ހިއްސާކުރެވޭ ފަރާތަކުން އިތުރު 40 (ސާޅީސް) ދުވަސް ފާއިތުވާއިރު ވެސް ފައިސާ ނުދައްކައިފިނަމަ، ތަންފީޛީ އިދާރާތަކުން އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަތައް ވަގުތީ ގޮތުން (އެބަހީ އެ ފަރާތުގެ ޒިންމާ ފުރިހަމަ ކުރަންދެން) ހިފަހައްޓައި، އެ ފަރާތަކުން ހިންގަމުން ގެންދާ ވިޔަފާރީގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓުވަންޖެހޭ ފަރާތެއްގެ ގޮތުގައި ކަނޑައަޅާނެއެވެ. އަދި މި ގޮތަށް އެ ފަރާތެއްގެ "ސްޓޭޓަސް" ކަނޑައަޅާތާ ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ތަންފީޛީ އިދާރާތަކުން އެ ފަރާތަކާމެދު ފިޔަވަޅު އަޅާނެއެވެ.
37. ފިޔަވަޅު އެޅުމަށްފަހު އެންގުން
މި އުސޫލުގެ 36 ވަނަ މާއްދާގެ (ށ) ގެ ދަށުން އަޅާ ފިޔަވަޅުތައް ކަމާ ގުޅޭ ސޮފްޓްވެއަރ މެދުވެރިކޮށް ތަންފީޛީ އިދާރާތަކުން އަޕްޑޭޓްކުރާނެއެވެ.
38. ފައިސާ ދެއްކުން
މި އުސޫލުގެ 36 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އަޅައިފައިވާ ފަރާތަކުން ފައިސާ ދައްކައި ޚަލާޞްކޮށްފިނަމަ އެ ފަރާތަކާމެދު އަޅައިފައިވާ ފިޔަވަޅު ނިމުމަކަށް ގެނެވޭނެއެވެ.
39. ފިޔަވަޅު އަޅާ ފަހުން ވިޔަފާރިކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތް
މި އުސޫލުގެ 36 ވަނަ މާއްދާގެ (ށ) ގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅައިފައި ވަނިކޮށް، އެ ފަރާތަކުން އިތުރަށް ވިޔަފާރީގެ ހަރަކާތްތައް ކުރިއަށް ގެންދާނަމަ، ކަނޑައެޅިފައިވާ ޤާނޫނު، ގަވާއިދު ނުވަތަ އެއްބަސްވުމުގެ ދަށުން، މި އުސޫލުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންފީޛީ އިދާރާތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅާނެއެވެ.
40. އިސްތިސްނާވާ ހާލަތުތައް
މި ބާބަށް ޢަމަލުކުރުމުގައި، އެއްވެސް އިދާރާއަކުން އަސާސީ ނުވަތަ ޒަރޫރީ ޚިދުމަތުގެ ގޮތުގައި ފޯރުވައިދޭ ޚިދުމަތްތަކާއި، ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ފޯރުވައިދޭ ޚިދުމަތް ދިނުން ހުއްޓާލުން އިސްތިސްނާވާނެއެވެ.
41. ތިންވަނަ ފަރާތަކުން މީރާއަށް ފައިސާ ދެއްކުމަށް އެންގުން
މީރާއަށް ދައްކަންޖެހޭ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ ނުވަތަ އެ ނޫން ވެސް ފައިސާ ނުދައްކާ ފަރާތަކުން ދައްކަންޖެހޭ ފައިސާ، ތިންވަނަ ފަރާތަކުން ހޯދުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ފައިސާ ދެއްކުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުގެ ސަބަބުން މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ފައިނަލް ނޯޓިސް ފޮނުވާފައިވާ ފަރާތަކަށް ތިންވަނަ ފަރާތަކުން ފައިސާ ދައްކަންޖެހޭ ކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ފައިސާ މީރާއަށް ދެއްކުމަށް، އެ ފަދަ ފަރާތަކަށް މީރާގެ އެންގުމަކުން އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތިންވަނަ ފަރާތުން ފައިސާ ހޯދުމަށްޓަކައި މީރާއިން އެންގުން އަންގާނީ، މީރާއަށް އެ ވަގުތަކު ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އަންނަނިވި ތަރުތީބުންނެވެ.
(1) ފައިސާ ނުދައްކައި ހުރި ފަރާތަށް ސަރުކާރު އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ފައިސާ އެ ފަރާތަށް ދެއްކުމުގެ ބަދަލުގައި މީރާއަށް ދެއްކުމަށް އެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް އެންގުން؛
(2) ފައިސާ ނުދައްކައި ހުރި ފަރާތަށް ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ނުވަތަ އަމިއްލަ ފަރުދަކު އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ފައިސާ އެ ފަރާތަށް ދެއްކުމުގެ ބަދަލުގައި މީރާއަށް ދެއްކުމަށް އެ ކުންފުންޏަށް ނުވަތަ ޕާޓްނަރޝިޕަށް ނުވަތަ އަމިއްލަ ފަރުދަށް އެންގުން.
(ނ) މި މާއްދާގެ ދަށުން މީރާއިން އެންގުމެއް ފޮނުވާފައިވާ ތިންވަނަ ފަރާތުން، އެ އެންގުން ފޮނުވާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ.
(ރ) ތިންވަނަ ފަރާތުން މީރާއަށް ދެއްކުމަށް އަންގާ އަދަދު، ފައިސާ ނުދައްކައި ހުރި ފަރާތުން މީރާއަށް ދައްކަންޖެހޭ އަދަދަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
(ބ) މި މާއްދާގައިވާ ގޮތުގެ މަތިން ތިންވަނަ ފަރާތުން މީރާއަށް ފައިސާ ދައްކައި ޚަލާޞްކުރުމުން، ފައިސާ ނުދައްކައި ހުރި ފަރާތަށާއި ތިންވަނަ ފަރާތަށް މީރާއިން އެ ކަން ލިޔުމުން އަންގަންވާނެއެވެ.
42. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި އިސްކަންދޭނެ ތަރުތީބު
(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ (4) ގެ ދަށުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ ހާލަތުތަކުގައި އިސްކަންދޭ ތަރުތީބު ކަނޑައަޅާނީ ނުލިބި ހުރި ފައިސާގެ އަދަދަށާއި އެ ފައިސާ ދައްކަންޖެހުނު ސުންގަޑީގެ ފަހުން ފާއިތުވި މުއްދަތަށް ރިޢާޔަތްކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އިސްކަންދޭ ތަރުތީބު ކަނޑައެޅުމުގައި އެ ނޫން ކަންކަމަށް ރިއާޔަތްކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
43. ކޯޓުގައި ދައުވާ އުފުލާފައިވާ ހާލަތުގައި ޢަމަލުކުރާނެ ގޮތް
(ހ) ފައިސާ ނުދައްކައި ހުރި ފަރާތެއްގެ މައްޗަށް މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ (4) ގައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގައި ދައުވާ އުފުލައިފިނަމަ، ކޯޓުން އެ މައްސަލައިގެ ޙުކުމް އިއްވުމުގެ ކުރިން، ދެ ފަރާތް އެއްބަސްވާ ގޮތަކަށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހައްލުކުރަން އެދޭ ފަރާތްތަކުން، ދައްކަންޖެހިފައިވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭނަމަ، އެ ފަރާތްތަކަށް އެ ފުރުސަތު ދެވިދާނެއެވެ. އެ ފުރުސަތު ދެވޭ ފަރާތްތަކަށް އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭނީ މި އުސޫލުގެ ޖަދުވަލުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ. އަދި މި ހާލަތުގައި ފައިސާ ދައްކާނީ މި ގޮތުގެ މަތިން އެއްބަސްވެވޭ އިންސްޓޯލްމަންޓް ޕްލޭން ސިވިލް ކޯޓުގެ ޙުކުމެއްގެ ގޮތުގައި ހަމަޖައްސައި، އެ ޙުކުމުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.
44. ޗެކަށް ފައިސާ ނުލިބޭ ހާލަތުތަކުގައި ފިޔަވަޅު އެޅުން
(ހ) މީރާއަށް ބަލައިގަންނަ ފައިސާ ޗެކުން ދައްކާ ފަރާތްތަކުގެ ތެރެއިން އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ނުވަތަ ޗެކުގައިވާ އަދަދަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދީފައިނުވުމުގެ ސަބަބުން އެ ފަރާތަކުން ހުށަހަޅާ ޗެކަށް ފައިސާ ނުލިބޭ ހާލަތުތަކުގައި އެ ފަދަ ޗެކު ހުށަހަޅާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އެޅުމުގައްޔާއި، މި ފަދަ ހާލަތުތަކުގައި ޗެކު ހުށަހެޅި ފަރާތާއި އެ ފައިސާ ދައްކަންޖެހޭ ފަރާތާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނީ، މި ބާބުގައިވާ ގޮތުގެ މަތިންނެވެ.
(ށ) މީރާއަށް ހުށަހަޅައިފައިވާ ޗެކެއް އެއްވެސް ސަބަބަކާހުރެ އަނބުރައި ލިބިއްޖެނަމަ، އެ ޗެކު ބޭންކުން މީރާއަށް ލިބުމުން އެ ކަން އެ ޗެކު ހުށަހެޅި ފަރާތަށް ފޯނުން ގުޅައި އެންގޭނެއެވެ. އަދި މީގެ އިތުރުން އަންނަނިވި ކަންތައްތައް ވެސް އެ ފަރާތަށް އެންގޭނެއެވެ.
(1) އެ ފަރާތަކުން ހުށަހެޅި ޗެކަށް ފައިސާ ލިބިފައިނުވާކަމާއި އެ ފައިސާ ނުދެއްކުމުން އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އަރާނަމަ، ފައިސާ ދައްކައި ޚަލާޞްކުރުމާ ހަމައަށް އެ ޖޫރިމަނާ ނުވަތަ އިންޓްރެސްޓް އަރަމުންދާނެކަން؛
(2) ޗެކު އަނބުރައި ލިބުނުކަން އެ ފަރާތަށް އަންގާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ނަގުދު ފައިސާއިން ނުވަތަ ބޭންކް ގެރެންޓީޑް ޗެކަކުން އެ ފައިސާ ދައްކައި ޚަލާސްކުރަންވާނެކަމާއި، އެ ފަދައިން ޢަމަލުނުކޮށްފިނަމަ މި އުސޫލުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ފަރާތް ބްލެކްލިސްޓު ކުރެވޭނެކަމާއި އަދި މި އުސޫލުގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ފަރާތުގެ މައުލޫމާތު ތަންފީޛީ އިދާރާތަކާ ހިއްސާކުރެވޭނެކަން.
45. ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުން
(ހ) މީރާއަށް ޗެކު އަނބުރައި ލިބުމާ ގުޅިގެން، އެ ޗެކު ހުށަހެޅި ފަރާތަށް ފޯނުން ނުގުޅިއްޖެނަމަ، ނުވަތަ މި އުސޫލުގެ 44 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ފަރާތުން އެ ފައިސާ ދައްކައިފައިނުވާނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގައި އެ ފަރާތަށް ނޯޓިސްއެއް ފޮނުވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ނޯޓިސް އެ ފަރާތަކަށް ރައްދުނުކުރެވިއްޖެނަމަ، މި އުސޫލުގެ ދިހަވަނަ ބާބުގައިވާ ގޮތުގެ މަތިން އެ ފަރާތަކާ މެދު ޢަމަލުކުރެވޭނެއެވެ.
46. ފައިސާ ދެއްކުމުން ޗެކު ހަވާލުކުރުން
(ހ) މީރާއަށް އަނބުރައި ލިބިފައިވާ ޗެކަކާ ގުޅިގެން ނުލިބި ހުރި ފައިސާ ދައްކައި ޚަލާޞްކޮށްފިނަމަ، އެ ޗެކު ހުށަހެޅި ފަރާތާ އެ ޗެކު ހަވާލުކުރެވޭނެއެވެ. އަދި ފައިސާ ދައްކާ ޚަލާޞްކޮށްފައިވާ ޗެކެއް، އެ ޗެކު ހުށަހެޅި ފަރާތާ ހަވާލުނުކުރެވި 6 (ހައެއް) މަސް ދުވަސް ފާއިތުވެއްޖެނަމަ، އެ ޗެކު ނައްތާލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޗެކު ހަވާލުކުރެވޭނީ އެ ޗެކާ ހަވާލުވާ މީހާގެ އައިޑެންޓިޓީ ކާޑު ނުވަތަ އެއީ ކާކު ކަން އަންގައިދޭ އެ ނޫން ވެސް ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
47. ބްލެކްލިސްޓް ކުރުން
(ހ) މި ބާބުގެ ބޭނުމަށް، ބްލެކްލިސްޓްކުރުން ކަމަށް ބުނެފައި އެ ވަނީ، މީރާއަށް ހުށަހަޅާ ޗެކެއް އަނބުރައި ލިބުމާ ގުޅިގެން، އެ ޗެކު އަނބުރައި ލިބުނު ތާރީޚުން ފެށިގެން ވަކި މުއްދަތެއްގެ ނިޔަލަށް، އެ ފަރާތުން މީރާއަށް ފައިސާ ދެއްކޭނެ ހަމައެކަނި ގޮތަކީ ނަގުދު ފައިސާއިން ނުވަތަ ބޭންކް ގެރެންޓީޑް ޗެކުން ކަމަށް ކަނޑައަޅައި އެ ގޮތުގެ މަތިން ޢަމަލުކުރުމަށެވެ.
(ށ) މީރާއަށް ޗެކެއް އަނބުރައި ލިބުމާ ގުޅިގެން އެ ޗެކު ހުށަހެޅި ފަރާތް ބްލެކްލިސްޓްކުރި ނަމަވެސް، މި އުސޫލުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާޞްކޮށްފިނަމަ، އެ ފަރާތް ބްލެކްލިސްޓްކޮށްފައިވާ ކުރުން ނިމުމަކަށް ގެނެވޭނެއެވެ.
(ނ) ބްލެކްލިސްޓު ކޮށްފައިވާ ފަރާތަކާމެދު މި އުސޫލުގެ ފަސްވަނަ ބާބުގެ ދަށުން ފިޔަވަޅު އެޅުން ނިމުމަކަށް ގެނެވޭނީ އެ ފަރާތް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކުރުމުންނެވެ.
(ރ) ބްލެކްލިސްޓްކޮށްފައިވާ ފަރާތަކުން، މި އުސޫލުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ ފަރާތް ބްލެކްލިސްޓްކޮށްފައިވާ ކުރުން ނިމުމަކަށް ގެނެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(1) އެ ފަރާތް ބްލެކްލިސްޓްކުރެވުނު ފުރަތަމަ ފަހަރުނަމަ، އެ ފައިސާ ދައްކައި ޚަލާޞްކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވުން.
(2) އެ ފަރާތް ބްލެކްލިސްޓްކުރެވުނު ފުރަތަމަ ފަހަރަށްނުވާނަމަ، އެ ފައިސާ ދައްކައި ޚަލާޞްކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވުން.
(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބްލެކްލިސްޓްކޮށްފައިވާ ފަރާތަކުން ހުށަހަޅާ ޗެކު، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް ބަލައިގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
48. ފައިސާ ހޯދުމަށް ކުރެވޭނެ އިތުރު ކަންތައްތައް
މި އުސޫލުގެ 45 ވަނަ މާއްދާގެ ދަށުން ދޭ ނޯޓިސްގައި ދީފައިވާ މުއްދަތު ހަމަވާއިރު ފައިސާ ދައްކައި ޚަލާޞްކޮށްފައިނުވާ ފަރާތްތަކާމެދު އަންނަނިވި ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ.
(ހ) 20 (ވިހި) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގައި އެ ފަރާތަށް ނޯޓިސްއެއް ފޮނުވުން؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ އެ ޗެކު ދޫކުރި ފަރާތާމެދު ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހެޅުން؛
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ އެ ފައިސާ ދައްކަންޖެހޭ ފަރާތާމެދު މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޢަމަލުކުރުން؛
(ރ) (އުވައިލެވިފައި.)
49. ޗެކު ހުށަހަޅާ ފަރާތާ ފައިސާ ދައްކަންޖެހޭ ފަރާތާ ތަފާތުވުން
(ހ) މީރާއަށް އަނބުރައި ލިބޭ ޗެކު ދޫކުރި ފަރާތަކީ އެ ފައިސާ ދެއްކުމަށް ލާޒިމުވާ ފަރާތަށް ނުވާނަމަ، ޗެކު ހުށަހެޅި ފަރާތަށް މި އުސޫލުގެ ދަށުން ފޮނުވާ އެންމެހައި ލިޔެކިޔުންތަކުގެ ކޮޕީ، އެ ފައިސާ ދެއްކުމަށް ލާޒިމުވާ ފަރާތަށް ވެސް ފޮނުވޭނެއެވެ.
(ށ) މީރާއަށް އަނބުރައި ލިބޭ ޗެކު ހުށަހެޅި ފަރާތަކީ އެ ފައިސާ ދެއްކުމަށް ލާޒިމުވާ ފަރާތަށް ނުވާނަމަ، މި އުސޫލުގެ 44 ވަނަ މާއްދާގެ (ށ) ގެ (2) ނުވަތަ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ޒިންމާވާނީ އެ ފައިސާ ދައްކަން ލާޒިމުވާ ފަރާތުންނެވެ. އަދި މި ފަދަ ހާލަތެއްގައި، ޗެކު ހުށަހެޅި ފަރާތާމެދު ޖިނާއީ ދައުވާ އުފުލޭނެއެވެ.
50. ޗެކުން ފައިސާ ދައްކާ ފަރާތްތައް ރަޖިސްޓަރީކުރުން
މީރާއަށް ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ފައިސާ ދެއްކުމަށް ބޭނުންކުރާ ބޭންކު އެކައުންޓުތައް، މީރާއިން ކަނޑައަޅާ ގޮތެއްގެ މަތިން މީރާގައި ރަޖިސްޓަރީކުރަންވާނެއެވެ.
51. ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުން
ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ހުށަހަޅަންޖެހޭ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތަކާއި، ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނީ މި ބާބުގައިވާ ގޮތުގެ މަތިންނެވެ.
52. ނަން ހާމަކުރާ ފަރާތްތައް
(ހ) މި ބާބުގެ ދަށުން ހާމަކުރާނީ ޓެކްސް ދައްކާ ފަރާތުގެ ނަމާއި، އެޑްރެހާއި، ޓިން އަދި އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓެކްސް ނެގޭ ހަރަކާތްތަކުގެ ނަމެވެ. އަދި ފައިސާ ނުދައްކާ ފަރާތަކީ ކުންފުންޏެއްނަމަ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޢައްޔަންކޮށްފައިވާ ކަމަށް އެންމެ ފަހުން މީރާއަށް ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އަންގައިފައިވާ ފަރާތުގެ މަޢުލޫމާތު ވެސް ހާމަކުރެވޭނެއެވެ.
(ށ) ބަޔާން ހުށަހެޅުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކާއި، ފައިސާ ދެއްކުމަށްފަހު ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މި ބާބުގެ ދަށުން ހާމައެއް ނުކުރެވޭނެއެވެ. އެ ފަދަ ފަރާތްތަކާމެދު ޢަމަލުކުރެވޭނީ މި އުސޫލުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
53. ނަން ހާމަކުރުމުގެ ކުރިން ޔަގީންކުރަންޖެހޭ ކަންކަން
(ހ) މި ބާބުގެ ދަށުން އެއްވެސް ފަރާތެއްގެ ނަން ހާމަކުރުމުގެ ކުރިން އަންނަނިވި ކަންކަން ޔަގީންކުރަންވާނެއެވެ.
(1) ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކޮށްފައިވާ ނުވަތަ އުނިކުރަން އެދިފައިވާ ފަރާތެއް ނޫންކަން؛
(2) ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތަކީ މިހާރު ވެސް ވިޔަފާރިކުރަމުންދާ ފަރާތެއްކަން ނުވަތަ ވިޔަފާރިކުރުމުގެ ސައްހަ ހުއްދައެއް އޮތް ފަރާތެއްކަން؛
(3) ޓެކްސް ބަޔާން ހުށަނާޅާކަމަށް އަދި ފައިސާ ނުދައްކާ ކަމަށް މީރާއަށް ގަބޫލުކުރެވޭ ފަރާތުގެ ޓެކްސް ބަޔާން ކައުންސިލް އިދާރާއަކަށް ހުށަހަޅައިފައި ނުވާކަން އަދި ކައުންސިލް އިދާރާއަކަށް ފައިސާ ދައްކައިފައި ނުވާކަން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ޔަގީންކުރުމުގެ މަރުޙަލާގައި، ޓެކްސް ބަޔާން ހުށަނާޅާކަމަށް އަދި ފައިސާ ނުދައްކާކަމަށް މީރާއިން ބުނާ ބުނުމާމެދު އެ ފަރާތުގެ ބަހެއް ހޯދަންވާނެއެވެ. އަދި މީރާއިން ބުނާ ބުނުމާމެދު އެ ފަރާތުން އިންކާރުކުރާނަމަ، އެ ފަރާތުން ދައްކާ ވާހަކަތަކުގެ ސައްހަކަން ޔަގީންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރުކަމަށް މީރާއަށް ދީފައިވާ ފޯނު ނަމްބަރުން ނުގުޅުމުގެ ސަބަބުން، އަދި އެ ފަރާތުގެ އެޑްރެސްކަމަށް މީރާއަށް ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން އެ ފަރާތުގެ ބަހެއް ހޯދޭ ގޮތް ނުވެއްޖެނަމަ އެ ފަރާތެއްގެ ނަން މި ބާބުގެ ދަށުން ހާމަކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޔަގީންކުރަންޖެހޭ ކަންތައްތައް ޔަގީންކުރުމަށްފަހު، މި އުސޫލުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދުވަސްތަކުގެ ކުރިން ޓެކްސް ބަޔާން ހުށަނާޅައިފިނަމަ އަދި ފައިސާ ނުދައްކައިފިނަމަ އެ ފަރާތެއްގެ ނަން އެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ހާމަކުރެވޭނެއެވެ.
54. މާލެ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ނަން ހާމަކުރާނެ ގޮތް
(ހ) މި މާއްދާ ހިނގާނީ މާލެ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށެވެ.
(ށ)
(1) މި އުސޫލުގެ 53 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ޖީ.އެސް.ޓީ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން، އެ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ މަސް ނިމިގެން ފެށޭ މަހުގެ 30 ވަނަ ދުވަހު މީރާގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ. މި ގޮތުން ޝާއިޢުކުރެވޭނީ އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.
(2) މި މާއްދާގެ (ށ) ގެ (1) ދަށުން ވެބްސައިޓުގައި ޝާއިޢުކުރެވޭ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން، އެ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ މަސް ނިމިގެން 1 މަސް ދޫކޮށް ފެށޭ މަހުގެ 15 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ގެޒެޓަށް ފޮނުވޭނެއެވެ. މި ގޮތުން ފޮނުވޭނީ ގެޒެޓަށް ލިޔުންތައް ފޮނުވަން ކަނޑައަޅާފައިވާ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ. އަދި މި ނަންތައް މާލޭ ސިޓީ ކައުންސިލްގެ ނޯޓިސް ބޯޑަށް އެރުވޭނެއެވެ.
(ނ)
(1) މި އުސޫލުގެ 53 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، ބީ.ޕީ.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ބީ.ޕީ.ޓީ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން، އެ ޓެކްސް އަހަރަކާ ވިދިގެން ފެށޭ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު މީރާގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ. މި ގޮތުން ޝާއިޢުކުރެވޭނީ އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ބީ.ޕީ.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.
(2) މި މާއްދާގެ (ނ) ގެ (1) ދަށުން ވެބްސައިޓުގައި ޝާއިޢުކުރެވޭ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ބީ.ޕީ.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން، އެ ޓެކްސް އަހަރަކާ ވިދިގެން ފެށޭ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ގެޒެޓަށް ފޮނުވޭނެއެވެ. މި ގޮތުން ފޮނުވޭނީ ގެޒެޓަށް ލިޔުންތައް ފޮނުވަން ކަނޑައަޅާފައިވާ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ. އަދި މި ނަންތައް މާލޭ ސިޓީ ކައުންސިލްގެ ނޯޓިސް ބޯޑަށް އެރުވޭނެއެވެ.
55. މާލެ ސަރަޙައްދު ފިޔަވައި އެހެނިހެން ސަރަޙައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ނަން ހާމަކުރާނެ ގޮތް
(ހ) މި މާއްދާ ހިނގާނީ މާލެ ސަރަޙައްދު ފިޔަވައި އެހެނިހެން ސަރަޙައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށެވެ.
(ށ)
(1) މި އުސޫލުގެ 53 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ޖީ.އެސް.ޓީ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން، އެ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ މަސް ނިމިގެން 1 މަސް ދޫކޮށް ފެށޭ މަހުގެ 15 ވަނަ ދުވަހު މީރާގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ. މި ގޮތުން ޝާއިޢުކުރެވޭނީ އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.
(2) މި މާއްދާގެ (ށ) ގެ (1) ދަށުން ވެބްސައިޓުގައި ޝާއިޢުކުރެވޭ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން، އެ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ މަސް ނިމިގެން 2 ވަނަ މަހުގެ 30 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ގެޒެޓަށް ފޮނުވޭނެއެވެ. މި ގޮތުން ފޮނުވޭނީ ގެޒެޓަށް ލިޔުންތައް ފޮނުވަން ކަނޑައަޅާފައިވާ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ. އަދި މި ނަންތައް އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ނޯޓިސް ބޯޑަށް އެރުވޭނެއެވެ.
(ނ)
(1) މި އުސޫލުގެ 53 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، ބީ.ޕީ.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ބީ.ޕީ.ޓީ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން، އެ ޓެކްސް އަހަރަކާ ވިދިގެން ފެށޭ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު މީރާގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ. މި ގޮތުން ޝާއިޢުކުރެވޭނީ އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ބީ.ޕީ.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.
(2) މި މާއްދާގެ (ނ) ގެ (1) ދަށުން ވެބްސައިޓުގައި ޝާއިޢުކުރެވޭ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ބީ.ޕީ.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން، އެ ޓެކްސް އަހަރަކާ ވިދިގެން ފެށޭ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ގެޒެޓަށް ފޮނުވޭނެއެވެ. މި ގޮތުން ފޮނުވޭނީ ގެޒެޓަށް ލިޔުންތައް ފޮނުވަން ކަނޑައަޅާފައިވާ ދުވަހުގެ ނިޔަލަށް ކުރީ ދުވަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ. އަދި މި ނަންތައް އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ނޯޓިސް ބޯޑަށް އެރުވޭނެއެވެ.
56. ލިސްޓުގައިވާ ފަރާތަކުން ފައިސާ ދެއްކުން ނުވަތަ ބަޔާން ހުށަހެޅުން
މި ބާބުގެ ދަށުން ވެބްސައިޓުގައި ޝާއިޢުކުރެވޭ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އޭގެ ފަހުން ޓެކްސް ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތްތަކުގެ ނަން ވެބްސައިޓުގައިވާ ލިސްޓުން އުނިކުރެވޭނެއެވެ.
57. މަހަކު އެއްފަހަރު ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކާމެދު ޢަމަލުކުރެވޭ އުސޫލު
މި ބާބުގެ ބޭނުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މަހަކު އެއްފަހަރު ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތައް ކަމުގައި ބެލެވޭނީ، އެ ކުއާޓަރުގައި ހިމެނޭ މަސްތަކުގެ ތެރެއިން މަދުވެގެން 1 (އެކެއް) މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކެވެ.
58. ނަން ހާމަކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރެވޭ އުސޫލު
މި ބާބުގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓުގައި ނަން ޝާއިޢުކުރެވޭ ފަރާތްތަކާމެދު އަންނަނިވި ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ.
(ހ) ޓެކްސްއާބެހޭ ޤާނޫނެއްގެ ދަށުން އެ ފަރާތް އޮޑިޓްކޮށް އެ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުން.
(ށ) ނަން ޝާއިޢުކުރެވޭ ފަރާތަކީ ނަން ޝާއިޢުކުރިއިރު މުޢާމަލާތް ނުކުރެވޭ ފަރާތެއް ނަމަ، ނަން ޝާއިޢުކުރިތާ 15 (ފަނަރަ) ދުވަސް ފާއިތުވީ ފަހުން ވެސް ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާނަމަ އަދި ފައިސާ ދައްކައިފައި ނުވާނަމަ އެ ފަރާތަކާމެދު މި އުސޫލުގެ ދިހަވަނަ ބާބުގެ ދަށުން ޢަމަލުކުރެވޭނެއެވެ.
59. ފިޔަވަޅު އަޅަމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުން
މި އުސޫލުގެ 36 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންދާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
60. އިސްތިސްނާވާ ފަރާތްތައް
ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާ އަދި ފައިސާ ދައްކައިފައި ނުވާ ފަރާތްތަކުގެ ތެރެއިން ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާ އަދި ފައިސާ ދައްކައިފައި ނުވާ ޓެކުހަކާ ގުޅޭ އޮޑިޓެއް ކުރިއަށްދާ ފަރާތްތަކުގެ ނަންތައް މި ބާބުގެ ދަށުން ހާމައެއް ނުކުރެވޭނެއެވެ.
61. ސްޓިއަރިން ކޮމިޓީ
މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގެ މަރުޙަލާގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި އެ ކަންކަން ކުރުމުގައި ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، މި ބާބުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ވިލަރެސްކުރާނީ އެ ކަމަށް ޚާއްޞަކޮށް ކޮމިޝަނަރ ޖެނެރަލް އެކުލަވައިލާ ސްޓިއަރިން ކޮމިޓީންނެވެ. މި ކޮމިޓީގައި ހިމެނޭނީ މީރާގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން ހޮވައިލެވޭ މުވައްޒަފުންނެވެ.
62. ހޯދައި ނުފެނިފައިވާ ފަރާތް
މީރާއަށް ބަލައިގަންނަ ޓެކްސް، ފީ ކުލި، ރޯޔަލްޓީ އަދި އެ ނޫން ވެސް ފައިސާ ދައްކަންޖެހޭ ފަރާތްތަކާއި، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ އެޑްރެސްކަމަށް މީރާއަށް ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން ނުވަތަ އެ ފަރާތަކަށް ގުޅޭނެ ފޯނު ނަންބަރުކަމަށް މީރާއަށް ދީފައިވާ ނަންބަރުން ނުގުޅުމުގެ ސަބަބުން ނުވަތަ އެ ފަރާތުން މީރާއަށް ދީފައިވާ އީމެއިލް އެޑްރެހުން އެ ފަރާތާ މުޢާމަލާތް ނުކުރެވުމުގެ ސަބަބުން ނުވަތަ އެ ފަރާތުން ދައްކަންޖެހިފައިވާ ފައިސާއާ ގުޅިގެން މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ނޯޓިސް ދީ އެއިން އެއްވެސް ނޯޓިސްއެއް އެ ފަރާތަށް ރައްދުނުވުމުގެ ސަބަބުން ނުވަތަ މީރާގެ ކޮމްޕްލަޔަންސް އިންސްޕެކްޝަނަކާ ގުޅިގެން ނުވަތަ މީރާއިން ކުރާ އޮޑިޓަކާ ނުވަތަ ތަހުގީގަކާ ގުޅިގެން ހޯދައި ނުފެނުމުގެ ސަބަބުން އެއްވެސް ގޮތަކަށް މުޢާމަލާތް ކުރެވިފައިނުވާ ފަރާތްތަކާމެދު ޢަމަލުކުރާނީ މި ބާބުގައިވާ ގޮތުގެ މަތިންނެވެ.
63. ހޯދައި ނުފެނިފައިވާ ކަމަށް ކަނޑައެޅުމުގެ ކުރިން ޔަގީންކުރަންޖެހޭ ކަންކަން
މި ބާބުގެ ދަށުން އެއްވެސް ފަރާތަކާމެދު ޢަމަލުކުރުމުގެ ކުރިން އަންނަނިވި ކަންކަން ޔަގީންކުރަންވާނެއެވެ.
(ހ) އެ ފަރާތުން މީރާއަށް ދީފައިވާ އެޑްރެސްއަށް ލިޔެކިޔުން ރައްދުނުވާނަމަ، އެ އެޑްރެހުގައި އެ ފަރާތް އުޅޭތޯ ޗެކްކުރުމަށް އެ ތަނަކަށް ގޮސް އެ އެޑްރެހުގައި އެ ފަރާތް ނޫޅޭކަން؛
(ށ) އެ ފަރާތާ ގުޅޭނެ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސްގެ ގޮތުގައި މީރާއަށް ލިބިފައިވާ ފޯނު ނަމްބަރުތަކާއި އީމެއިލް އެޑްރެސްތަކުން އެ ފަރާތާ މުޢާމަލާތް ނުކުރެވޭކަން.
(ނ) އެ ފަރާތުން މީރާއަށް ދީފައިވާ އެޑްރެހަކީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން ރަށެއްގެ އެޑްރެހެއްނަމަ، މީރާއިން އެ އެޑްރެހުގައި އެ ފަރާތް އުޅޭތޯ ޗެކްކުރާނީ އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ. މި ގޮތުން އެއްވެސް ފަރާތެއްގެ މަޢުލޫމާތު ޗެކްކުރުމަށް މީރާއިން ކައުންސިލްގައި އެދޭތާ 10 (ދިހަ) ދުވަހުގެ ތެރޭގައި ޖަވާބެއް ނުލިބެއްޖަނަމަ، އެ ފަރާތަކީ ހޯދައި ނުފެނިފައިވާ ފަރާތެއްގެ ގޮތުގައި ކަނޑައަޅައި އެ ފަރާތެއްގެ ނަން އާންމުކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިގެންވެއެވެ.
64. އެހެނިހެން ފަރާތްތަކުން މަޢުލޫމާތު ހޯދުން
(ހ) އެއްވެސް ފަރާތަކީ ހޯދައި ނުފެނިފައިވާ ފަރާތެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން، އެ ފަރާތެއްގެ މަޢުލޫމާތު ހުންނާނެ ކަމަށް ގަބޫލުކުރެވޭ ދައުލަތުގެ އިދާރާތަކުން އެ ފަރާތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް އެ އިދާރާތަކުގައި މީރާއިން އެދެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ދަށުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތަކީ ކުންފުންޏެއްނަމަ، އެ ކުންފުންޏާއި އެ ކުންފުނީގެ ޑިރެކްޓަރުންނާބެހޭ މަޢުލޫމާތު ފޯރުވައިދިނުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ކިބައިން އެދެންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން މީރާއިން އެކި މުއައްސަސާތަކުން ހޯދުމަށް އެދޭ މަޢުލޫމާތު 10 (ދިހައެއް) ދުވަހުގެ ތެރޭގައި މީރާއަށް ފޮނުވުމަށް އަންގާނެއެވެ. މީރާއިން ހޯދުމަށް އެދޭ މަޢުލޫމާތު މިއިން އެއްވެސް އިދާރާއަކުން ނުލިބިއްޖެނަމަ ނުވަތަ މި އެންގުމަށް އެއްވެސް ޖަވާބެއް ނުލިބި 15 (ފަނަރަ) ދުވަސް ފާއިތުވެއްޖެނަމަ، އެ މަޢުލޫމާތު ނުލިބުނުކަމަށް ބަލައި މީރާއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
65. ހޯދައި ނުފެނިފައިވާ ފަރާތްތަކުގެ ލިސްޓު އެކުލަވައިލުމާއި އަޕްޑޭޓްކުރުން
(ހ) ހޯދައި ނުފެނިފައިވާ ފަރާތްތަކުގެ ނަން، ފޮޓޯ، އެޑްރެސް އަދި ޓިން ހިމެނޭ ލިސްޓެއް، މި އުސޫލުގެ 63 ވަނަ މާއްދާއާއި 64 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ. އަދި ހޯދައި ނުފެނިފައިވާ ފަރާތަކީ ކުންފުންޏެއްނަމަ، މި ލިސްޓުގައި ހިމަނާނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޢައްޔަންކޮށްފައިވާ ކަމަށް އެންމެ ފަހުން މީރާއަށް ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އަންގައިފައިވާ ފަރާތުގެ މަޢުލޫމާތެވެ.
(ށ) މި އުސޫލުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޢުލޫމާތު ހޯދުމަށް އެދޭ މުއައްސަސާތަކުންނާއި އެ ނޫން ގޮތްގޮތުން ލިބޭ މަޢުލޫމާތުގެ އަލީގައި، ހޯދައި ނުފެނިފައިވާ ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ ފަރާތަކާ މުޢާމަލާތް ކުރެވި އަދި އެ ފަރާތަށް ރައްދުކުރަންޖެހޭ ލިޔެކިއުންތައް އެ ފަރާތަށް ރައްދުކުރެވިއްޖެނަމަ، ނުވަތަ އެ ފަރާތުން ދައްކަންޖެހިފައިވާ ފައިސާ ދެއްކުމަށް މީރާއާއެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އެ ފަރާތެއްގެ މަޢުލޫމާތު އެ ލިސްޓުން އުނިކުރެވޭނެއެވެ.
(ނ) މި ބާބުގެ ދަށުން ނަން ހާމަކުރެވޭ ފަރާތަކާ މުޢާމަލާތް ކުރެވުނު ނަމަވެސް، އެ ފަރާތެއް ހޯދުމަށް މީރާއިން ބޭނުންވި ކަމަކާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމަށް އެ ފަރާތުން އިންކާރުކުރާނަމަ، އެ ފަރާތެއްގެ ނަން ހާމަކޮށްފައިވާ ލިސްޓުން އުނިނުކޮށް ބޭއްވިދާނެއެވެ. އަދި އެ ފަރާތަކީ މީރާއިން ކުރިއަށްގެންދާ ކޮމްޕްލަޔަންސް އިންސްޕެކްޝަނެއް ނުވަތަ އޮޑިޓަކާ ގުޅިގެން ހޯދާ ފަރާތެއްނަމަ، އަދި އެ ފަރާތުން އެ ކަމަށް އެއްބާރުލުން ނުދޭނަމަ އެ މައްސަލަ އިތުރަށް ބަލާނީ މީރާގެ އިންވެސްޓިގޭޝަން ޔުނިޓުންނެވެ. އަދި އެ ފަރާތަކީ މީރާއަށް ދައްކަންޖެހޭ ފައިސާއަކާ ގުޅިގެން ހޯދާ ފަރާތެއްނަމަ އަދި އެ ފަރާތުން މީރާއަށް އެއްބާރުލުން ނުދޭނަމަ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މީރާއާ ގުޅިގެންނެވެ.
66. ލިސްޓު އާންމުކުރުން
(ހ) މި އުސޫލުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ، ހޯދައި ނުފެނިފައިވާ ފަރާތްތަކުގެ ލިސްޓު މީރާގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ. އަދި މީރާގެ ޓެކްސްޕެޔަރ ސަރވިސް ސެންޓަރާއި މީރާއިން ކަނޑައަޅާ އެ ނޫން ތަންތަނުގައި ވެސް މި ލިސްޓު އާންމުކޮށް ފެންނާނެހެން ބެހެއްޓޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުން ވެސް، ފައިސާ ދައްކަންޖެހޭ ނުވަތަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތާ މުޢާމަލާތް ނުކުރެވި 20 (ވިހި) ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތުގެ މަޢުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކޮށް އިޢުލާނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުން ވެސް، ފައިސާ ދައްކަންޖެހޭ ނުވަތަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތާ މުޢާމަލާތް ނުކުރެވި 15 (ފަނަރަ) ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތުގެ މަޢުލޫމާތު ޓީވީ އަދި ރޭޑިއޯއިން އިޢުލާނުކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުން ވެސް، ފައިސާ ދައްކަންޖެހޭ ފަރާތާ ނުވަތަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތާ މުޢާމަލާތް ނުކުރެވި 10 (ދިހައެއް) ދުވަސް ފާއިތުވެއްޖެނަމަ، އަދި އެ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގެ ފަރާތެއްނަމަ، އެ ފަރާތުގެ މަޢުލޫމާތު ހޯދުމަށް އެ ފަރާތެއް ނިސްބަތްވާ ޤައުމެއްގެ އެމްބަސީ އާއި ހައިކޮމިޝަން ފަދަ ތަންތަން މެދުވެރިކޮށް މަސައްކަތްކުރެވޭނެއެވެ.
67. ކޯޓަށް މައްސަލަ ހުށަހެޅިފައިވާ ފަރާތްތައް
މި އުސޫލުގެ 66 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާއިން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި އެ މައްސަލަ ރައްދުވާ ފަރާތް ހޯދުމަށް ކޯޓުން މީރާއަށް އަންގައިފިނަމަ ނުވަތަ އެ ފަރާތަކާ މުޢާމަލާތްކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން މައްސަލަ ކުރިއަށް ނުގެންދެވިއްޖެނަމަ، އެ ފަރާތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގެ ގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ޛަރީޢާއެއްގެ ބޭނުން ވެސް ކުރެވިދާނެއެވެ.
68. ފިޔަވަޅު އެޅުމުގައި ޢަމަލުކުރާ އާންމު އުސޫލުން އިސްތިސްނާވާ ހާލަތުތައް
(ހ) ފައިސާ ނުދައްކައި ހުރި ފަރާތަކުން ދިވެހިރާއްޖެ ދޫކޮށްފައި ދާން ގަސްދުކުރާކަން، ނުވަތަ އެއީ ކުންފުންޏެއްނަމަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ހުއްޓާލަން ގަސްދުކުރާކަން، ނުވަތަ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ދިވެހިރާއްޖެއިން ބޭރަށް ބަދަލުކުރަން ގަސްދުކުރާކަން، ނުވަތަ އެ ނޫން ވެސް ސަބަބަކާހުރެ، ނުލިބި ހުރި ފައިސާ ހޯދުމަށް ހުރަހެއް މެދުވެރިވެދާނެކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭ ހާލަތުތަކުގައި، މީރާއިން އެ ފަރާތަކަށް ނޯޓިސްއެއް ދިނުމަކާ ނުލައި މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) ނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން މީރާއިން ކޯޓުގައި ދައުވާ އުފުލާ ޙާލަތުގައި، ކޯޓުން އެ މައްސަލަ ނިމެންދެން މި އުސޫލުގެ 5 ވަނަ ބާބުގެ ދަށުން އެ ފަރާތާމެދު ފިޔަވަޅެއް ނާޅާނެއެވެ.
69. އައުޓްޕުޓް ޓެކުހަށްވުރެ އިންޕުޓް ޓެކްސް އިތުރުވާ ފަރާތްތައް
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ސުން-ރޭޓުގެ ނުވަތަ ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާތަކުގެ މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުން ވިދިވިދިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި އެ ފަރާތެއްގެ އައުޓްޕުޓް ޓެކުހަށްވުރެ އިންޕުޓް ޓެކްސް އިތުރުވެފައިވާ ފަރާތްތަކަށް، އެ ފަރާތުން އެހެން ޓެކުހަކާ ގުޅިގެން ދައްކަންޖެހިފައިވާ ފައިސާއަކުން އެ އިތުރުވި އިންޕުޓް ޓެކުހުގެ އަދަދު އަޅައި ކަނޑައިދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ. މި ގޮތަށް މީރާއިން ހަމަޖައްސައިދޭނީ، ޓެކްސް ދައްކާ ފަރާތުން އެ ކަމަށް އެދި ލިޔުމުން ހުށަހެޅުމުން، ގަވާއިދު ގެ 69 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބެލުމަށްފަހުގައެވެ.
70. ގެއްލުންތަކަށް ޒިންމާނުވުން
މި އުސޫލުގެ މާއްދާތަކަށް ޢަމަލުކުރުމާ ގުޅިގެން އެއްވެސް ފަރާތަކަށް ލިބޭ ނުވަތަ ލިބިދާނެ މާލީ ނުވަތަ އެ ނޫން ވެސް ގެއްލުމަކަށް، މި އުސޫލު ތަންފީޛުކުރާ އެއްވެސް އިދާރާއަކުން ޒިންމާއެއް ނުވާނެއެވެ.
71. ޓެކުހަށް ނުވާ ފައިސާ ހޯދުމުގައި ޓެކުހުގެ އުސޫލު ހިންގުން
މީރާއަށް ބަލައިގަންނަ ފައިސާގެ ތެރެއިން ޓެކުހުގެ ގޮތުގައި ނުހިމެނޭ ފައިސާ ހޯދުމުގައި ވެސް މި އުސޫލުގެ ދަށުން ޢަމަލުކުރާނީ ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
72. ޕްރިންސިޕަލް އަދަދަށް އިސްކަންދިނުން
ފައިސާ ނުދައްކައި ހުރި ފަރާތެއްގެ އަތުން މި އުސޫލުގެ ދަށުން ހޯދާ ފައިސާ އަޅައިކެނޑޭނީ، އެ ފަރާތުން ދައްކަންޖެހިފައިވާ ޕްރިންސިޕަލް އަދަދު، އެއަށްފަހު ޖޫރިމަނާ، އަދި އެއަށްފަހު އިންޓްރެސްޓް، މި ތަރުތީބުންނެވެ.
73. ޓެކްސްއާބެހޭ ޤާނޫނުތަކާ އެކުގައި މި އުސޫލު ކިޔުން
މި އުސޫލު ކިޔާނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސްއާބެހޭ އެ ނޫން ވެސް ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެކުގައެވެ. އަދި މި އުސޫލުގައި މާނަކޮށްފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ޤާނޫނުތަކާއި ގަވާއިދުތަކުގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަކަށެވެ.
74. ދުވަސް ގުނުން
މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.
75. މާނަކުރުން
މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު:
"ބޭންކުތައް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު) އެ މައްޗަށް ހިނގާ އެންމެހައި ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކަށެވެ.
"ކުއާޓަރު" ކަމަށް ބުނެފައި އެ ވަނީ، މީރާގެ ޓެކްސް ރޫލިން ނަންބަރު 220-PR/TR/2011/3 (24 ނޮވެމްބަރު 2011) ގައި ކުއާޓަރު މާނަކޮށްދީފައިވާ ގޮތަށެވެ.
"ކޮމިޓްމަންޓް ޕޭމަންޓް" ކަމަށް ބުނެފައި އެ ވަނީ، މި އުސޫލުގެ ތިންވަނަ ބާބުގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގަތުމަށްޓަކައި މި އުސޫލުގެ ޖަދުވަލުތަކުގައިވާ ގޮތުގެ މަތިން، އިންސްޓޯލްމަންޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މީރާއަށް ދައްކަންޖެހޭ ފައިސާއަށެވެ.
"ކުދި ވިޔަފާރި" ކަމަށް ބުނެފައި އެ ވަނީ ޓެކްސް އަހަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 20 (ވިހި) މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށެވެ.
"ކޮމްޕްލަޔަންސް އިންސްޕެކްޝަން" ކަމަށް ބުނެފައި އެ ވަނީ، ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނާ ގަވާއިދަށް ތަބާވާ މިންވަރު ބެލުމަށް މީރާއިން ކުރާ (އޮޑިޓް ނުވަތަ ތަހުގީގުގެ ގޮތުގައި ނުހިމެނޭ) އެންމެހައި މަސައްކަތްތަކަށެވެ.
"ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށެވެ.
"އެމް.އެމް.އޭ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
"މާލެ ސަރަޙައްދު" ކަމަށް ބުނެފައި އެ ވަނީ، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ހުޅުލެ އަދި ތިލަފުށްޓަށެވެ.
"މީރާ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
"ދައްކަންޖެހިފައިވާ ފައިސާ" ކަމަށް ބުނެފައި އެ ވަނީ، ދައްކަންޖެހޭ ޖޫރިމަނާ އަދި އިންޓްރެސްޓް ވެސް ހިމަނައިގެންނެވެ.
"ގަވާއިދު" ކަމަށް ބުނެފައި އެ ވަނީ، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށެވެ.
"ޤާނޫނު" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށެވެ.
76. ޢަމަލުކުރަން ފެށުން އަދި އުވައިލެވޭ އުސޫލު
(ހ) މި އުސޫލަށް ޢަމަލުކުރަން ފަށާނީ މި އުސޫލު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
(ށ) މި އުސޫލަށް ޢަމަލުކުރަން ފެށުމާއެކު "31 ޑިސެމްބަރު 2010 ގެ ނިޔަލަށް ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާ ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާ އުސޫލު" އާއި، 19 އޭޕްރީލް 2012 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާވާ ފަރާތްތަކުގެ ތެރެއިން ހޯދާ ނުފެނިފައިވާ ފަރާތްތަކާމެދު ޢަމަލުކުރާ އުސޫލު" އާއި، 25 ޖޫން 2012 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކައުންޓުގައި ފައިސާނެތި ޗެކް ދޫކުރާ ފަރާތްތަކާ މެދު ޢަމަލުކުރާ އުސޫލު" އާއި، 28 އޮގަސްޓް 2012 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި ޢަމަލުކުރާ އުސޫލު" އަދި 13 މާރިޗު 2012 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލު" އުވުނީއެވެ. އަދި އެ އުސޫލުތަކުގެ ދަށުން އަޅައިފައިވާ ފިޔަވަޅުތަކާމެދު ދެން ޢަމަލުކުރާނީ މި އުސޫލުގައިވާ ގޮތުގެ މަތިންނެވެ.
|
ކޮމިޓްމަންޓް ޕޭމަންޓް (%) |
ދައްކަންޖެހޭ އަދަދު | އިންސްޓޯލްމަންޓުގެ އަދަދު | ||
| ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ ނޫން ފައިސާ | *ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ |
(އެ ފައިސާއެއް ދައްކަންޖެހޭ ކަރަންސީއަކުން) |
ކެޓަގަރީ A | ކެޓަގަރީ B |
| 20,000 އިން ދަށް |
0 |
0 |
||
|
25% |
40% |
20,000 |
1 |
1 |
|
25% |
40% |
30,000 |
2 |
1 |
|
25% |
40% |
45,000 |
3 |
2 |
|
25% |
40% |
60,000 |
4 |
2 |
|
25% |
40% |
80,000 |
5 |
3 |
|
25% |
35% |
100,000 |
6 |
3 |
|
20% |
35% |
150,000 |
7 |
4 |
|
20% |
35% |
300,000 |
8 |
4 |
|
20% |
35% |
500,000 |
9 |
5 |
|
20% |
35% |
800,000 |
10 |
5 |
|
20% |
35% |
1,250,000 |
11 |
6 |
|
20% |
35% |
2,000,000 |
12 |
6 |
|
15% |
30% |
3,000,000 |
13 |
7 |
|
15% |
30% |
4,500,000 |
14 |
8 |
|
15% |
30% |
6,500,000 |
15 |
9 |
|
15% |
30% |
9,000,000 |
16 |
10 |
|
15% |
30% |
12,000,000 |
17 |
11 |
|
15% |
30% |
15,000,000 |
18 |
12 |
ނޯޓު:
ކެޓަގަރީ A: މި ކެޓަގަރީގައި ހިމެނޭނީ އެ ފަރާތަކާމެދު މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން އެހައިތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ފަރާތްތަކެވެ.
ކެޓަގަރީ B: މި ކެޓަގަރީގައި ހިމެނޭނީ އެ ފަރާތަކާމެދު މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ (1)، (2) ނުވަތަ (3) ގެ ދަށުން ފިޔަވަޅެއް އަޅައިފައިވާ ފަރާތްތަކާއި، މި އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ރައްދުވާ ފަރާތްތަކެވެ.
* ނުލިބި ހުރި ފައިސާއަކީ ހަމައެކަނި ޖީ.އެސް.ޓީ ނުވަތަ ޖީ.އާރް.ޓީއާ ގުޅޭ ޖޫރިމަނާ ފައިސާ ކަމުގައިވާނަމަ، ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 25% އާ ހަމައަށް ދަށްކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
| ކޮމިޓްމަންޓް ޕޭމަންޓް (%) | ދައްކަންޖެހޭ އަދަދު | އިންސްޓޯލްމަންޓުގެ އަދަދު | ||
| ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ ނޫން ފައިސާ | *ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ | ރުފިޔާ | ކެޓަގަރީ A | ކެޓަގަރީ B |
| 10,000 އިން ދަށް | 0 | 0 | ||
|
20% |
30% |
10,000 | 2 | 1 |
|
20% |
30% |
15,000 | 3 | 1 |
|
20% |
30% |
22,500 | 4 | 2 |
|
20% |
30% |
30,000 | 5 | 2 |
|
20% |
30% |
40,000 | 6 | 3 |
|
20% |
30% |
50,000 | 7 | 3 |
|
20% |
25% |
75,000 | 8 | 4 |
|
15% |
25% |
150,000 | 9 | 4 |
|
15% |
25% |
250,000 | 10 | 5 |
|
15% |
25% |
400,000 | 11 | 5 |
|
15% |
25% |
625,000 | 12 | 6 |
|
15% |
25% |
1,000,000 | 13 | 6 |
|
10% |
20% |
1,500,000 | 14 | 7 |
|
10% |
20% |
2,000,000 | 16 | 8 |
|
10% |
20% |
3,000,000 | 18 | 9 |
|
10% |
20% |
4,000,000 | 20 | 10 |
|
10% |
20% |
5,000,000 | 22 | 11 |
|
10% |
20% |
6,000,000 | 24 | 12 |
ނޯޓު:
ކެޓަގަރީ A: މި ކެޓަގަރީގައި ހިމެނޭނީ އެ ފަރާތަކާމެދު މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން އެހައިތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ފަރާތްތަކެވެ.
ކެޓަގަރީ B: މި ކެޓަގަރީގައި ހިމެނޭނީ އެ ފަރާތަކާމެދު މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގެ (1)، (2) ނުވަތަ (3) ގެ ދަށުން ފިޔަވަޅެއް އަޅައިފައިވާ ފަރާތްތަކާއި، މި އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ރައްދުވާ ފަރާތްތަކެވެ.
* ނުލިބި ހުރި ފައިސާއަކީ ހަމައެކަނި ޖީ.އެސް.ޓީ ނުވަތަ ޖީ.އާރް.ޓީއާ ގުޅޭ ޖޫރިމަނާ ފައިސާ ކަމުގައިވާނަމަ، ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 20% އާ ހަމައަށް ދަށްކުރުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
| ކޮމިޓްމަންޓް ޕޭމަންޓް (%) | ދައްކަންޖެހޭ އަދަދު | އިންސްޓޯލްމަންޓުގެ އަދަދު | |
| ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ ނޫން ފައިސާ | *ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ | ރުފިޔާ | |
| 10,000 އިން ދަށް |
0 |
||
|
15% |
20% |
10,000 |
3 |
|
15% |
20% |
15,000 |
4 |
|
15% |
20% |
20,000 |
5 |
|
15% |
20% |
25,000 |
6 |
|
15% |
20% |
35,000 |
7 |
|
15% |
20% |
50,000 |
8 |
|
15% |
20% |
75,000 |
9 |
|
10% |
15% |
100,000 |
10 |
|
10% |
15% |
125,000 |
11 |
|
10% |
15% |
150,000 |
12 |
|
10% |
15% |
200,000 |
13 |
|
10% |
15% |
300,000 |
14 |
|
5% |
10% |
400,000 |
15 |
|
5% |
10% |
500,000 |
16 |
|
5% |
10% |
1,000,000 |
18 |
|
5% |
10% |
1,500,000 |
20 |
|
5% |
10% |
2,000,000 |
22 |
|
5% |
10% |
3,000,000 |
24 |
ކޮމިޓްމަންޓް ޕޭމަންޓާއި އިންސްޓޯލްމަންޓުގެ އަދަދު ކަނޑައަޅާ ތާވަލް (ކުދި ވިޔަފާރިނޫން ވިޔަފާރިތަކަށް)
| ކޮމިޓްމަންޓް ޕޭމަންޓް (%) | ދައްކަންޖެހޭ އަދަދު | އިންސްޓޯލްމަންޓުގެ އަދަދު | |
| ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ ނޫން ފައިސާ | *ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ | (އެ ފައިސާއެއް ދައްކަންޖެހޭ ކަރަންސީއަކުން) | |
| 20,000 އިން ދަށް |
0 |
||
|
15% |
25% |
20,000 |
1 |
|
15% |
25% |
30,000 |
2 |
|
15% |
25% |
45,000 |
3 |
|
15% |
25% |
60,000 |
4 |
|
15% |
25% |
80,000 |
5 |
|
15% |
25% |
100,000 |
6 |
|
15% |
20% |
150,000 |
7 |
|
15% |
20% |
300,000 |
8 |
|
15% |
20% |
500,000 |
9 |
|
15% |
20% |
800,000 |
10 |
|
15% |
20% |
1,250,000 |
11 |
|
15% |
20% |
2,000,000 |
12 |
|
15% |
20% |
3,000,000 |
13 |
|
15% |
20% |
4,500,000 |
14 |
|
15% |
20% |
6,500,000 |
15 |
|
15% |
20% |
9,000,000 |
16 |
|
15% |
20% |
12,000,000 |
17 |
|
15% |
20% |
15,000,000 |
18 |
ނޯޓު:
މި ޖަދުވަލުގެ ދަށުން އިންސްޓޯލްމަންޓަށް ބަހާލެވޭނީ އޮކްޓޫބަރު 2020 ގެ ނިޔަލަށް އިންސްޓޯލްމަންޓް އެގްރީމަންޓުގައި ސޮއިކުރާ ފަރާތްތަކަށެވެ.
ކޮމިޓްމަންޓް ޕޭމަންޓާއި އިންސްޓޯލްމަންޓުގެ އަދަދު ކަނޑައަޅާ ތާވަލް (ކުދި ވިޔަފާރިތަކަށް)
| ކޮމިޓްމަންޓް ޕޭމަންޓް (%) | ދައްކަންޖެހޭ އަދަދު | އިންސްޓޯލްމަންޓުގެ އަދަދު | |
| ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ ނޫން ފައިސާ | *ޖީ.އެސް.ޓީ އަދި ޖީ.އާރް.ޓީ | ރުފިޔާ | |
| 10,000 އިން ދަށް |
0 |
||
|
15% |
20% |
10,000 |
2 |
|
15% |
20% |
15,000 |
3 |
|
15% |
20% |
22,500 |
4 |
|
15% |
20% |
30,000 |
5 |
|
15% |
20% |
40,000 |
6 |
|
15% |
20% |
50,000 |
7 |
|
15% |
20% |
75,000 |
8 |
|
10% |
15% |
150,000 |
9 |
|
10% |
15% |
250,000 |
10 |
|
10% |
15% |
400,000 |
11 |
|
10% |
15% |
625,000 |
12 |
|
10% |
15% |
1,000,000 |
13 |
|
10% |
10% |
1,500,000 |
14 |
|
10% |
10% |
2,000,000 |
16 |
|
10% |
10% |
3,000,000 |
18 |
|
10% |
10% |
4,000,000 |
20 |
|
10% |
10% |
5,000,000 |
22 |
|
10% |
10% |
6,000,000 |
24 |
ނޯޓު:
މި ޖަދުވަލުގެ ދަށުން އިންސްޓޯލްމަންޓަށް ބަހާލެވޭނީ އޮކްޓޫބަރު 2020 ގެ ނިޔަލަށް އިންސްޓޯލްމަންޓް އެގްރީމަންޓުގައި ސޮއިކުރާ ފަރާތްތަކަށެވެ.