ޤާނޫނާއި ގަވާއިދު

×

އޮންލައިންކޮށް ޓެކްސް ދެއްކުން ލާޒިމުކުރުން (ކޮންސޮލިޑޭޓް ކުރެވިފައި)

TR-2019/A18

ނެރުނު ތާރީޚް: 18 ފެބުރުވަރީ 2019
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 27 ނޮވެމްބަރު 2022
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުން ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތަޢާރަފު

1. މި ރޫލިންގގެ މަޤުޞަދަކީ، އަހަރެއްގެ ތެރޭގައި 50 (ފަންސާސް) މިލިޔަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ފައިސާ މީރާކަނެކްޓް މެދުވެރިކޮށް ދެއްކުމަށް ލާޒިމުކުރުމެވެ.

2. ގަވާއިދު ނަންބަރު 2015/R-147 (އިލްކެޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު) ގެ 17 ވަނަ މާއްދާގައި ވަނީ:
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމެއްގެ ދަށުން، މީރާއިން ކަނޑައަޅާ ޝަރުޠުތަކެއް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށާއި ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

ރޫލިންގ

3. އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 50 (ފަންސާސް) މިލިޔަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ޓެކްސް ދައްކާ ފަރާތްތަކުން، އަންނަނިވި ޓެކްސްގެ ބާވަތްތަކާ ގުޅޭ ގޮތުން 1 އެޕްރީލް 2019 އިން ފެށިގެން ފައިސާ ދައްކަންވާނީ މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.

(ހ) (އުވައިލެވިފައި)؛

(ށ) ވިތުހޯލްޑިންގ ޓެކްސް؛

(ނ) ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ).

4. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފް ރައްދުވާ ޓެކްސް ދައްކާ ފަރާތްތައް މީރާއިން ކަނޑައެޅުމަށްފަހު އެކަން އެ ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ.

5. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތަކަށް ދައްކާ ފައިސާ ބަލައިގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

ޢަމަލުކުރަން ފެށުން

6. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ، މި ރޫލިންގ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ