ޤާނޫނާއި ގަވާއިދު

×

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް 4 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު

2025/G-8

ނެރުނު ތާރީޚް: 19 މާރިޗު 2025
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 19 މާރިޗު 2025
ޑައުންލޯޑް: | ދިވެހި |

އުސޫލު ނަންބަރު 2022/G-10 (ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1. ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

2. ނަން ހާމަކުރުން

(ހ) (1) ޓެކްސް ބަޔާން ހުށަނޭޅުމާ ގުޅިގެން ނުވަތަ ފައިސާ ނުދެއްކުމާ ގުޅިގެން ދޭ
2 (ދޭއް) ނޯޓިސް ދީފައިވުން ނުވަތަ އެ ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ފަރާތަށް އަންގައިފައިވުން ނުވަތަ މީރާގެ އުސޫލު ނަންބަރު 2022/G-8  (އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު) ގެ ދަށުން ދީފައިވާ އިންސްޓޯލްމަންޓް އެއްބަސްވުމެއް ބާތިލުކޮށްފައިވުން؛

2. ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

2. ނަން ހާމަކުރުން

(ހ) (5) (އުނިކޮށްފައި)

3. ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

4. ނަން ހާމަކުރާނެ ގޮތް

(ހ) ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާއާ ގުޅިގެން މީރާއިން ނަން ހާމަކުރާނީ، މީރާއިން ކަނޑައަޅާ މުއްދަތުތަކަކާ ގުޅޭ އިލްތިޒާމުތައް އަދާ ނުކުރާ ފަރާތްތަކުގެ ތެރެއިން، މީރާއިން ނަން ހާމަކުރަން ކަނޑައަޅާ ތުރެޝްހޯލްޑަކަށް ރިއާޔަތްކޮށް، މީރާއިން ކަނޑައަޅާ ތާރީޚުތަކެއްގައެވެ. މިގޮތުން ނަން ހާމަކުރާނީ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ރ) ގައިވާ މަރުޙަލާތަކުގައި، އެ ތަރުތީބުންނެވެ.

4. ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

7. ސްޓިއަރިންގ ކޮމިޓީ

މި އުސޫލުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމުގައި ޢަމަލުކުރާނެ އިޖުރާތުތައް ކަނޑައެޅުމުގައި ލަފާދީ، މަސައްކަތްތައް ވިލަރެސްކުރާނީ، އެ ކަމަށް ޚާއްޞަކޮށް، ކޮމިޝަނަރ ޖެނެރަލް އެކުލަވައިލާ ސްޓިއަރިންގ ކޮމިޓީންނެވެ. މި ކޮމިޓީގައި ހިމެނޭނީ، މީރާގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން ހޮވައިލެވޭ މުވައްޒަފުންނެވެ.

5. މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. 

 

 

 

 

 

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ