ޤާނޫނާއި ގަވާއިދު

×

ޓެކްސް ރޫލިންގ TR-2015/G23 އަށް 5 ވަނަ އިޞްލާޙު ގެނައުން

TR-2018/G48

ނެރުނު ތާރީޚް: 17 ޑިސެންބަރު 2018
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 17 ޑިސެންބަރު 2018
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ރޫލިންގއަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ޓެކްސް ރޫލިންގ TR-2015/G23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުން ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތަޢާރަފު

1. މި ރޫލިންގގެ މަޤުޞަދަކީ ޓެކްސް ރޫލިންގ TR-2015/G23 ގެ 15 ވަނަ ޕެރެގްރާފް އިޞްލާޙުކުރުމެވެ.

 

ރޫލިންގ

2. ރޫލިންގގެ 15 ވަނަ ޕެރެގްރާފްގެ (ޅ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:

(ޅ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 5 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ.

 

ޢަމަލުކުރަން ފެށުން

3. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ، މި ރޫލިންގ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ