ޤާނޫނާއި ގަވާއިދު

×

ޓެކްސް ރޫލިންގ TR-2015/G23 އަށް 4 ވަނަ އިޞްލާޙު ގެނައުން

TR-2017/G44

ނެރުނު ތާރީޚް: 07 ޑިސެންބަރު 2017
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 07 ޑިސެންބަރު 2017
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ރޫލިންގއަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ޓެކްސް ރޫލިންގ TR-2015/G23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގގެ މަޤްޞަދަކީ ޓެކްސް ރޫލިންގ TR-2015/G23 ގެ 15 ވަނަ ޕެރެގްރާފް އިޞްލާޙުކުރުމެވެ.

 

ރޫލިންގ

2. ރޫލިންގގެ 15 ވަނަ ޕެރެގްރާފްގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:

(ބ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 10 މިލިއަން ރުފިޔާއަށްވުރެ ދަށް، އަދި 5 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދެއްނަމަ، 1 ޖޫން 2018 އިން ފެށިގެންނެވެ.

3. ރޫލިންގގެ 15 ވަނަ ޕެރެގްރާފްގެ (ބ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން:

(ޅ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 5 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 1 ޖަނަވަރީ 2019 އިން ފެށިގެންނެވެ.

 

ޢަމަލުކުރަން ފެށުން

4. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ