ޤާނޫނާއި ގަވާއިދު

×

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

20/2024

ނެރުނު ތާރީޚް: 05 ނޮވެމްބަރު 2024
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 05 ނޮވެމްބަރު 2024
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1. ބުނެވިދިޔަ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

15. (ހ) (2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި މުވައްޒަފުންނަށް ޚާއްޞަކުރެވިގެން ހިންގާ ފިހާރަތަކާއި ކެފޭތައް ފިޔަވައި އެ ތަންތަނުގައި ޤާއިމްކޮށްފައިވާ އެހެން ފިހާރަތަކާއި، ޑައިވިންގ ސްކޫލްތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ދޭ ޚިދުމަތް؛

 

2. ބުނެވިދިޔަ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން. 

15. (ށ) (5) 1 ޖަނަވަރީ 2023 އިން ފެށިގެން 30 ޖޫން 2025 ގެ ނިޔަލަށް %16 (ސޯޅަ އިންސައްތަ)؛

 

3. ބުނެވިދިޔަ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

15. (ށ) (6) 1 ޖުލައި 2025 އިން ފެށިގެން %17 (ސަތާރަ އިންސައްތަ).

 

4. މި ޤާނޫނުން ބުނެވިދިޔަ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.

 

5. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ