ޤާނޫނާއި ގަވާއިދު

×

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 27 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު

2020/R-104

ނެރުނު ތާރީޚް: 05 ނޮވެމްބަރު 2020
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 05 ނޮވެމްބަރު 2020
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

 

1. ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާ އުނިކުރުން.

30. (އުނިކޮށްފައި)

 

2. ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ (18) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

35. (ހ) (19) ކޭޝް ކާޑު ނުވަތަ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑުގެ ޕޭމަންޓް ޕްރޮސެސް ކުރުމާއި އެނޫން ވެސް އެ ފަދަ ޚިދުމަތްތައް ފޯރުވައިދިނުން؛

 

3. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ